ޚަބަރު
ރިއޯލޯ އޮފީހުން ވައްކަން ކުރި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި

ރިއޯލޯ އޮފީހުން ވައްކަން ކުރި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު މ. ކަނީރުވިލާގައި ހުންނަ ރެއޯލޯ އޮފީހުން ވައްކަންކުރި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ އޮފީހުން ދެ ލެޕްޓޯޕާއި މޮބައިލް ފޯނުތަކެއްގެ އިތުރުން އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މިތަކެތި ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފޫޓޭޖް ބަލައި އެ ތަކެތި ހޯދައި ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ މުހައްމަދު ކްރިކް ރިޒާ، މއ. ކުރިކީލަހިޔާ، ކ. މާލެ އަދި 45 އަހަރުގެ އަހުމަދު ނަސްރު، ދިގުވާޑް، ފެއަރީ، ފުވައްމުލައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!