ޚަބަރު
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ގދ. ފިޔޯރީގައި ކުރިއަށް ގެންގޮސްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަނެއް ގދ. ފިޔޯރީގައި ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓު 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، މަސްތުވާތަކެއްޗަށް ދެވިހިފާ ގޮތްތައް، މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭ ގެއްލުން، މަސްތުވާތަކެތި ބޭނުންކުރުމުން ގެއްލުންލިބޭ ގުނަވަންތަކާއި އެކަމުގެ ސަބަބުން ވާނެ ގޮތްތައް އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހާ އެކަމުން ސަލާމަތްކުރުމަށް އާއިލާ އާއި މުޖުތަމައުގެ ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފިޔޯރީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ނެޝަނަލް ޑްރަގް އެޖެންސީއާއި ރަށު ކައުންސިލާއި އެރަށު ގިރިންދާ ޖަމުއިއްޔާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ސެޝަނުގައި ފުލުހުންނާއި ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ހިމެނޭހެން 25 މީހުން ބައިވެރިވިއެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!