ޚަބަރު
ޤައުމީ ޔުނިވާރސިޓީން ތައްޔާރުކުރި ލާމަރުކަޒީ ނިޒާމަށް ގެންނަން ފެންނަ އިޞްލާޙު އާންމު ކޮށްފި

ޤައުމީ ޔުނިވާރސިޓީން ތައްޔާރުކުރި ލާމަރުކަޒީ ނިޒާމަށް ގެންނަން ފެންނަ އިޞްލާޙުގެ ދިރާސާ އާންމުކޮށްފިއެވެ.

އެ ދިރާސާ އާންމުކުރެއްވީ އެ ޔުނިވާރސީޓިގެ އެ ކަމާ ގުޅޭ ޓީމްގައި ހިމެނިވަޑައިގެންނަވައި 8 ބޭފުޅުންގެ ޕްރެޒެންޓޭޝަނާ އެކުގައެވެ.

އިއްޔެ  އާންމުކުރި ދިރާސާއަކީ ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތަކަކީ ކޮބައިކަން ދެނެގަތުމަށް ޓަކައި ލާމަރުކަޒީ ނިޒާމް ޤާއިމްކުރުމުން ދެކޭ ތަޞައްވަރުތަކާއި ހުރި ގޮންޖެހުންތައް އަދި އަސަރުތައް ދެނެގަތުމަށް ޓަކައި ޔުނިވާރސިޓީގެ ފަރާތުން އަތޮޅުތަކަށް ދަތުރުކޮށް އާންމުންގެ ޚިޔާލާއި މަޝްވަރާގެ އަލީގައި ކުރިއަށް ގެންދެވުނު މިނިވަން ދިރާސާއެއް ކަމަށް އެ ޔުނިވާރސިޓީން ވަނީ ވިދާޅުވެފައެވެ.

ޔުނިވާރސިޓީން މަޢުލޫމާތު ދެއްވާ ގޮތުގައި ރާއްޖޭގެ އެކި އަތޮޅުތަކުން އުތުރު، މެދުރާއްޖެ އަދި ދެކުނު ހިމެނޭގޮތަށް މަދުވެގެން 1155 މީހުންނާއި ދިރާސާ ޓީމުން ވަނީ ސުވާލުކޮށްފައެވެ. އަދި ކޮންމެ ސަރަޙައްދަކުން އާބާދީގެ ނިސްބަތުން ކުދި އަދި މެދު ފަންތީގެ ރަށްތަކަށް ޓީމްތައް ދަތުރުކޮށް ސާރވޭކޮށް ސުވާލުކުރެވިފައިވާ ކަމަށް ވެސް ޔުނިވާރސީޓިން މަޢުލޫމާތު ދެއްވިއެވެ.

އެ ސާރވޭގައި އަލިއަޅުވައިލެވުނު މުހިންމު ބައިތަކުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނުގައި ހުރި އުނި ކަންކަންކަމާއި، ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި، ލާމަރުކަޒީ ނިޒާމުގެ ފައިދާތަކާއި، ގޮންޖެހުންތަކާއި، ދާއިރާގައި މިހާރު ކައުންސިލަރުންގެ ޢަދަދަކީ އާބާދީ ސައިޒަށް އެކަށީގެންވާ ޢަދަދެއް ކަމަށް ޤަބޫލްކުރާ މިންވަރާއި އަދި އާބާދީގެ ސައިޒަށް ބަލައިގެން ކައުންސިލަރުންގެ ޢަދަދު ހަމަޖައްސަންޖެހޭ ކަމަށް ޤަބޫލްކުރާ މިންގަޑާއި ގުޅޭ ގޮތުން ވެސް ވަނީ ދިރާސާ ކުރައްވާފައެވެ.

ޔުނިވާރސީޓިން މަޢުލުމާތުދެއްވާ ގޮތުގައި ދިރާސާގެ ފައިނަލް ރިޕޯރޓް އަންނަ ސެޕްޓެމްބަރ މަހު އާންމު ކުރައްވާނެއެވެ.

އެ ދިރާސާކުރުމަށް ޤައުމީ ޔުނިވާރސިޓީއާއި ޙަވާލްކުރައްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!