ޚަބަރު
ޓްރާންސްޕޯޓް މިނިސްޓަރު އަމީން ސައުދީއަށް ފުރާވަޑައިގަންނަވައިފި

ޓްރާންސްޕޯޓް އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓަރު އަމީން ސައުދީއަށް ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓަރު އަމީން ސައުދީ އަށް ވަޑައިގަންނަވާފައިވަނީ އެ ގައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސޯލިހު ބިން ނާސިރު އަލްޖަސިރާއި، އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް އަބްދުލްއަޒީޒް އަލް ދުއައިލެޖްގެ ދައުވަތަކަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން މިނިސްޓަރުގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ބުނީ  މި ދަތުރުފުޅުގައި ދެ ޤައުމު ދެމެދު އޮތް މަދަނީ ވައިގެދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ރެގިއުލޭޓަރީ ފްރޭމްވޯކްތައް ޤާއިމުކުރުމާ މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު އަމީން ސައުދީ އަށް ވަޑައިގަންނަވާފައިވާއިރު މި ފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ސައުދީއަށް ވަޑައިގަންނަވާފައިވެއެވެ. އެ ދަތުރުފުޅުގައި ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދާއި ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ހާއްސަ ސިޓީފުޅެއް ވަނީ އަރުއްވައިފަ އެވެ.

ސައުދީއާއިއެކު ދިވެހި ސަރުކާރުން ބާއްވާ ގުޅުން އިތުރަށް ބަދަހިކޮށްފައިވެއެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ކުރިއަށް ގެންދާ މަޝްވަރާތައް ވެސް އިތުރުކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!