ޚަބަރު
ގެންނަން އުޅުނީ މާލީ ބަޣާވާތެއް، އެއީ ރޭވުމެއް: ޝިޔާމް

ގެންނަން އުޅުނީ މާލީ ބަޢާވާތެއް ކަމަށާއި، އެއީ ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިއަދު ފެންނަ މަންޒަރަކީ ސަރުކާރުގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކެއްގެ ފުށުން ފެންނަން ޖެހޭ މަންޒަރުތަކެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ ކިބައިން ފެންނަން ޖެހޭފަދަ މަންޒަރު ތަކެއްވެސް ނޫން ކަމަށެވެ.

“މިއީ ރައްޔިތުންގެ އެހީތެރިކަނަ ބޭނުންވާ ވަގުތު. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގަ ބަޣާވާތުން ވެރިކަން ވައްޓާލާގޮތަށް ރާއްޖޭގައި ވެރިކަން ވައްޓާލާން މަސައްކަތް ކުރަނީ. އޭގެ ގެއްލުން ލިބޭނީ ރައްޔިތުންނަނަށް. “ޝިޔާމް

ޝިޔާމް ވިދާޅުވީ މި ސަރުކާރާއި ދޭތެރޭ ރައްޔިތުންގެ އުއްމީދުތަކެއް އެބަހުރިކަމަށާއި، އެހެންކަމުން ރައީސްގެ ތަސައްވުރަކީ ރައްޔިތުންގެ ހުރި ހުރިހާ މައްސަލަތަކަށް ހައްލު ހޯދުން ކަމަށެވެ. މިހާރުވެސް ރައީސްގެ ފަހަތްޕުޅުގައި މަސައްކަތް ކުރެވޭތީ ފަހުރުވެރިވާ ކަމަށާއި، ދިވެހިރައްޔިތުންގެ ހައިސިއްޔަތުން ޝުކުރުއަދާކުރާ ކަމަށެވެ.

އަދި އިއްޔެގެ ބަޢާވާތުން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅު ދެލޮލުން ފެނުނު ކަމަށާއި ގާތުން ދުށް ކަމަށެވެ. އެހެންކަމުން އަދުގެ ރައީސް އަކީ ރައްޔިތުންނާއި، ދިވެހި ގައުމަށް ދެރަވާނެ އެއްވެސް ކަމެއް ކުރައްވާނެ ވެރިއެއް ނޫން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ކުރައްވަން ޖާގަވެސް ދެއްވާނެ ވެރިއެއް ނޫންކަމަށް ވެސް ޝިޔާމް ވަނީ ފާހަގަ ކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!