ޚަބަރު
ރައީސް ޔާމީނަކީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް: އަދުރޭ

ކުރީގެ ރައީސް ޔާމީންގެ ބަސްމަގު ހުންނަ ގޮތުން އެއީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއްކަން އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިރޭ ސަންގު ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މުޙާތަބަު ކުރައްވާގޮތަކީ އެކަންކުރަންވާ ބީދައިން ކުރައްވާ ގޮތް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނުގެ ފުށުން ފެންނަނަނީ ކިބުރުވެރިކަމާ ބޮޑާކަންކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

“އަމިއްލަ އަށް މި ކިޔަނީ ރައިސް ޔާމީނޭ. މޭ ގަ އަތް ޖަހާފަ. މީ ރައީސް ޔާމީން. މިކަން ދިވެހި ރައްޔިތުންނަށް އެނގޭނެ މިއީ ދިވެހި ބަހުގެ އަދަބިއްޔާތަށް ބަލާލިއަސް އޮންނަ ގޮތް ނޫންކަން” އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ އަދަބިއްޔާތުން ބެލިނަމަވެސް ތިމާއަށް ތިމާ މާތް ނުކުރެވޭނެ ކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ފެންނަނަނީ ނާތަހުޒީބު ގޮތް ކަމަށެވެ. ތިމާ އަށް ތިމާވަރުގެ މީހެއް ނެތް ކަމަށްހީކޮށް ވާހަކަ ދައްކާތަން ފެންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒަށް ވެސް އެއްވެސް އިހުތިރާމެއް ނެތް ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ޤަބޫލުކުރިއަސް ނުކުރިއަސް ރައީސް މުއިއްޒަކީ ރާއްޖޭގެ ރައްޔިތުން 50 އިންސައްތައަށްވުރެ ބޮޑު ބަދަލަކާއެއެކު ވޯޓް ދެއްވާ ހޮއްވަވާފައި ހުންނެވި ވެރިއެއް ކަމަށެވެ. ޤާނޫނު ބުނާ ގޮތުންވެސް ރާއްޖޭގެ ރައީސްއަކީ ރައީސް މުއިއްޒު ކަމަށެވެ. ނަމަވެސް ރައީސް ޔާމީން  ރައީސް މުއިއްޒު ބޭނުން ނުކުރުމަކީ ރައީސް ޔާމީންގެ ތަންދޮރު ނުދަންނަ ކަމުގެ ހެއްކެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!