Warning: imagesx() expects parameter 1 to be resource, null given in /home/huvadhookytecms/public_html/wp-content/plugins/faanooz-ogimg/inc/TextThumbGenerator.php on line 171

Warning: imagesy() expects parameter 1 to be resource, null given in /home/huvadhookytecms/public_html/wp-content/plugins/faanooz-ogimg/inc/TextThumbGenerator.php on line 172

Warning: Division by zero in /home/huvadhookytecms/public_html/wp-content/plugins/faanooz-ogimg/inc/TextThumbGenerator.php on line 185

Warning: Division by zero in /home/huvadhookytecms/public_html/wp-content/plugins/faanooz-ogimg/inc/TextThumbGenerator.php on line 197

Warning: imagecopyresampled() expects parameter 2 to be resource, null given in /home/huvadhookytecms/public_html/wp-content/plugins/faanooz-ogimg/inc/TextThumbGenerator.php on line 209
Agsaa Miskithugaii Fahlhi Elhumah Govaalun Rajje In Kuhveri Kohfi
ޚަބަރު
އަގްސާ މިސްކިތުގައި ފައްޅި އެޅުމަށް ގޮވާލުން ރާއްޖެއިން ކުށްވެރިކޮށްފި

އަގްސާ މިސްކިތުގައި ފައްޅި އެޅުމަށް ގޮވާލުން ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އަގްސާ މިސްކިތުގައި ފައްޅި އެޅުމަށް ގޮވާލުން ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ބަޔާނެއް ނެރެފައިވެއެވެ. މި  ބަޔާނުގައި  މުގައްދަސް މިސްކިތެއްގެ އިތުރުން އިސްލާމީ ތާރީހުގެ މުހިއްމު ރަމްޒެއް ކަމަށާއި ވުމާއެކު  ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ މުއާހަދާތަކާ އެއްގޮތަށް، އަގްސާ މިސްކިތުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތަށް އިހުތިރާމު ކުރުމަށް ގޮވާލާފައިވެއެވެ.

މިފަދަ ކަންކަމަށް ގޮވާލުމުން ގާޒާގައި ހިނގަމުން ގަތުލުއާންމު ހުއްޓާލަން ކުރެވޭ މަސައްކަތަށް ހުރަސްއެޅޭނެ ކަމަށާއި އަދި އިތުރު ހަމަނުޖެހުންތައް އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި  ގުދުސް އާއި އެތަނުގައިވާ މުގައްދަސް ބިނާތަކުގެ ގާނޫނީ ހައިސިއްޔަތު ބަދަލުވެދާނެ ފަދަ އެއްވެސް އަމަލެއް ވީހާ އަވަހަކަށް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން އަޅަން ޖެހުނު ފިޔަވަޅުތައް އެޅުމަށް ވެސް އެ ބަޔާނުގައި ރާއްޖެއިން ގޮވާލާފައިވެއެވެ.

މީގެ އިތުރުން ރާއްޖެއިން އަބަދު ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށާއި، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި ހިމެނޭހެން 1967ގެ ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި ވަކި ދައުލަތެއް ގާއިމްކުރަން ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެދައިވެއެވެ.

އަގްސާ މިސްކިތުގައި ފައްޅިއެއް އަޅަން ގޮވާލީ އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓްމާރު ބިން-ގްވިރް އިޒްރޭލުގެ އާމީ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގަ އެވެ.

އެ މިސްކިތުގައި ނަމާދު ކުރަން ހުރަސް އަޅާ ހަމަނުޖެހުން އަބަދުވެސް އިޒްރޭލުން ހިންގައެވެ.

މަސްޖިދުލް އަގްސާ އަކީ މުސްލިމުންގެ ފުރަތަމަ ގިބްލައެވެ. މި ތަނަކީ އަގްސާ މިސްކިތަކީ ދީނީ ގޮތުންނާއި ތާރީހީ ގޮތުން ވެސް މުސްލިމުންނަށް ވަރަށް މުހިއްމު ބިނާއެކެވެ،

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!