ޚަބަރު
ސަފީރުންނަށް އުނދަގޫ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ޑރ ޝަޒުރާ އާއި އިތުރު އަންހެނަކު ހައްޔަރުކޮށްފި

އިސްރާއީން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެންކަމަށް ބުނެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް އެއްވެ އަޑުއުފުލައި ސަފީރުންނަށް އުނދަގޫ ކުރަމުން ދިއުމުގެ ތުހުމަތުގައި ޑރ ޝަޒުރާއާއި އެހެން އަންހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު ފަހު އެކެއް ޖެހިއިރު ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާކޮށްފައިވާތީ ކަމަށެވެ.

މިމީހުން ހައްޔަރުކޮށްފައިވާ އަނެއްސަބަބަކީ ޑިޕްލޮމެޓިކް މިޝަންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުތައް ބަހައްޓާފައިވާތީ އަދި ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ދިއުމުން ސުލްހަވެރިކަމާ އެކު އެ ސަރަހައްދުން ދިއުމަށް އެ މީހުންނަށް އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުންނަކީ:

  • ޑރ. ޝަޒުރާ އިބްރާހީމް
  • އާއިޝަތު ޝާދިޔާ

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އެގޮތަށް އަމަލުތައް ނުބެހެއްޓުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވުމަށް ފަހު ކަމަށެވެ.

ޑރ ޝަޒުރާއަކީ އާންމުގޮތެއްގައިވެސް އަޑުގަދަކުރާ ހިފައިގެން އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުންދާ އަންހެނަކަށް ވާއިރު ބައެއް ހާލަތްތަކާއި ވަގުތުތަކުގައި ކަންތައް ކުރެވޭ ގޮތުން އާންމު ރައްޔިތުންނަށް އުނދަގޫވެގެން ބަސްބުނެފައިވެއެވެ. އެގޮތުން ބައެއް ފަހަރު ކޭއެފްސީ ސަރަހައްދުގައި އަޑުގަދަ ކުރާއިން ބާރަށް ގޮވައި އަޑުއުފުލައި ހަދާއިރު ކުރިމަތީގައި ހުންނަ މިސްކިތުގައި ނަމާދުގަޑި ޖަމާއަތް ނިމުމަށްފަހުވެސް އަޅުކަމުގައި ތިބޭ މަދުފަރާތްތަކަކަށް ވިޔަސް މިކަމުން ދަތިތަކެއް ވާ ކަމުގެ ޝަކުވާ އުފުލާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!