ރިޕޯޓް
ދެ ސުޕާރީ ފޮނުވައިދީބަލަ

ކައި ނިންމާލައި ހަމަޖެހިލައިގެން ރަނގަޅަށް ދުފާލަން ބޭނުންވެގެން ބަލާލި އިރު، ދުފާފޮށީގައި ބިލެތްކޮޅެއް ކީއްކުރަން ފޯއްކޮޅެއްހާ މިންވަރުވެސް ނެތެވެ. ހަނދާނެ ގޮތް ހުސްވެ ކަންބޮޑުވިއެވެ. ދުފާއެއްޗެއް ގަންނަންވެސް ފިހާރަޔަކަށް މިދެވެނީ ހުއްދަ ނަގައިގެން ހަފްތާއަކު އެއްފަހަރު އެންމެ ގަޑި އިރަކަށެވެ. އަނެއް ހަފްތާ ޖެހެންދެން ދުފާނުލައި ހުންނަންވީހޭ ހިތަށް އެރިއެވެ. ފިކުރު ބޮޑުވެ ހަނދާނޭ ގޮތް ހުސްވިއެވެ. އިއްޔެވެސް ބިލެތްކޮޅެއް ހޯދަން އެކި ގާޑިޔާތަކަށް ގުޅުނު އަދަދެއް ނޭނގެއެވެ. ދަތުރު ފަތުރުގެ ޚިދުމަތް މެދުކެނޑިފައި ވާތީ ކައިރި ރަށަކުން ބިލެތްކޮޅެއް ވެސް ނުލިބޭކަމަށް ގިނަ ގާޑިޔާތައް ހިންގާ ފަރާތްތައް ބުނެއެވެ.

ފަހަތުންހެން ކަހަލަ ގޮތަކަށް އެންމެ ހަގު ކާފަދަރި އައިސް، ކާފާ ދުފާއެތިކޮޅެއް ދީބަލާށޭ ބުނުމުން ހައްތާ ރުޅިގަދަވިއެވެ. މިއުޅެނީ ދުފާލާނެ އެތިކޮޅެއް ނެތިގެންނެވެ. އެކަމަކު ރުޅިއައިކަމަށް ނެހެދި ބުނެލީމެވެ. ތީ އެއްވެސް ކަމެއް ނޫނޭ ބުނެ ފޯނު ދީބަލާށޭ އެސޮރު ބުންޏެވެ. ފޯނު ދިއްކޮއްލުމާއެކު، ނަންބަރެއް ޖަހާލުމަށްފަހު، ގޭގެ އެޑްރެސް ބުނުމަށްފަހު ދެ ސުޕާރީ ފޮނުވުމަށް އެސޮރު ބުނެލިއެވެ.

“ދަރިފުޅާ ކީއްތިކުރީ؟ އެންމެ 2 ސުޕާރީ ބަޔަކު ގެޔަށް ގެނެސްދޭނެތަ؟” ފޯނު ދެވުނު މޮޔަ ހީވަމުން ބުނެލެވުނެވެ. “އާ ކީއްވެ ނުގެންނަންވީ ކާފާ؟ އެވެސް ރުފިޔާ ނޫންތަ؟” އެ ސޮރު ލާނެތް ރާގެއްގައި ބުނެލިއެވެ. ދޮގެއް ނޫނެވެ. ހަޤީޤަތުގައިވެސް މަގޭ ލާނެތް ކުޑަސޮރު އެބުނީ ބުއްދިވެރި ވާހަކައެކެވެ. ނަމަވެސް އެހާ ކުޑައެއްޗެއް ގެނެސްދީފާނެކަމާމެދު ކުޑަކޮށް ސުވާލު އުފެދުނެވެ. 5 ވަރަކަށް މިނެޓް ވީތަނާ ފޯނެއް އައެވެ. “ބޭރުގަ މިހިރީ ސުޕާރީ ހިފައިގެން އައިސް” ވާހަކަ ދެއްކި ފަރާތް ބުނެލިއެވެ. ބޭރަށް ނުކުމެ ރުފިޔާ ދިނުމަށްފަހު ދެ ސުޕާރީ ހޯދައި، އަދި ދެކިލޯ ފޯއް ޑެލިވަރީ ކޮށްދިނުމަށް ޑެލިވަރީއަށް އައި ކުއްޖާކައިރިން އެދުނީމެވެ.

ކޮވިޑް19 ގެ ބަލިމަނޑުކަން މުޅިރާއްޖެއަށް ފެތުރި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ އަދަދެއްގެ ރަށްތައް، މޮނިޓަރިންގ ހާލަތަށް އައިސްފައިވާ މިފަދަ ދަނޑިވަޅެއްގައި، ފިހާރަތަކަށް ގޮސް ވިޔަފާރިކުރުން ވަނީ ގިނަ ރަށްތަކުގައި ހުއްޓުމަކަށް ގެނެވިފައެވެ. ގިނަ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށް، ވިޔަފާރިތައް އޮންލައިންކޮށް، ކަސްޓަމަރުން ގަންނަން ބޭނުންވާ ތަކެތި ކަސްޓަމަރުންގެ ދޮރާއި ހަމަޔަށް ފޮނުވަން މިހާލަތުގައި މިވަނީ މަޖުބޫރުވެފައެވެ. ވިޔަފާރިއަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ފިހާރަތަކުގެ ހަރުތަކުގައި ވިއްކަން ބަހައްޓާފައި ހުރި މުދާތައް، ކަސްޓަމަރުންގެ ދޮރާހަމަޔަށް ފުނުވައިގެންވެސް ވިއްކުން ނޫން ގޮތެއް މިއަދު ނެތެވެ.

ދެ ސުޕާރީ އުރަ ތަނަކަށް ޑެލިވަރީކުރުމަކީ ބޮޑު ޖޯކެއް ކަމަށް ބައެއް ފަހަރަށް ނެގުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް ވިޔަފާރީގެ ނަޒަރަކުން ބަލާއިރު އެއިން ލިބޭ ގެއްލުމެއް ނެތެވެ. މި ލިޔުމުގައި ގެނެވިފައިވާ ހާދިސާއަށް އެކަނި ބެލި ކަމުގައި ވީނަމަވެސް، ދެ ސުޕާރީގެ ޑެލިވަރީއާއެކު، އިތުރު އޯޑަރެއް ލިބެއެވެ. ވިޔަފާރިކުރާ ފަރާތްތައްވެސް، ވިޔަފާރީގައި ނަފާ ހޯދަން އެދޭނަމަ، ހާލަތާއި، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ޚިދުމަތް ދީ، ޚިދުމަތް ހޯދާ ފަރާތުގެ ލޯތްބާއި އިތުބާރު ހޯދަން ކޮންމެހެން ޖެހެއެވެ. އެހެން ނޫންނަމަ، އެވިޔަފާރީގައި ކުރިއެރުމެއް ފެނިގެން ނުދާނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!