ޚަބަރު
މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ވަކިކުރަން އެދި ބެލެނިވެރިންގެ ޕެޓިޝަނެއް ހުށަހަޅައިފި

މަޖީދިއްޔާގެ ކިޔެވުމާއި ދަރިވަރުންނާއި ޓީޗަރުންނާ ގުޅޭ ކަންކަން ގޯސްވެ، ބޮއްސުން ލަމުން ދާތީ އެ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހުގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ ވަކިކުރަން އެދި ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް، މަޖީދިއްޔާގެ ހެނދުނާއި މެންދުރުފަހުގެ ދަންފަޅީގެ ގިނަ ބެލެނިވެރިންތަކެއް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢަށް ފޮނުވައިފައިވާ 13 ސަފުހާގެ މި ޕެޓިޝަންގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލްގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިމަތިވެފައިވާ މައިގަނޑު 35 ކަމެއް ފާހަގަކޮށްފައިވެއެވެ.

އެ ކަންތައްތަކުގެ ތެރޭގައި ދަރިވަރުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިޔުމާއި ވަކި ފިކުރެއްގެ ޓީޗަރުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ހިންގައިފައިވާ ޖަރީމާތަކެއް ވެސް ފާހަގަކޮށްފައިވެއެވެ.

މަޖީދިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި އައިޝަތު މުހައްމަދު ސޯލިހު ހުންނަވާތާ އަށް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ އެ ސްކޫލަށް ހިދުމަތް ކުރައްވާތާ 15 އަހަރު ވަނީ ވެފައެވެ.

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން:

  • ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ގިނަ ކަންކަމުގައި ހިޔާލު ތަފާތުވުމުގެ ސަބަބުން ޓީޗަރުންގެ މަސައްކަތާއި ކުދިންގެ ކިޔެވުމަށް ބުރޫއެރުން
  • ކިޔެވުމުގެ އިތުރުން ކުދިންނަށް ތަފާތު ތަޖުރިބާތައް ކުރުމަށް އެކި ދިމަދިމާލުން ހޯދަންޖެހޭ ފުރުސަތުތައް ހޯދައިނުދިނުން
  • ބެލެނިވެރިންނާއި ސްކޫލުގެ މެނޭޖުމަންޓާ އޮތް ގުޅުން ހީނަރުވުން
  • ސްކޫލަށް ހެޔޮ ބަދަލެއް ނައުން
  • ޕްރިންސިޕަލްގެ ފަރާތުން ޓީޗަރުންނަށް ސިޔާސީ ގޮތުން ފިއްތުންތައް ފިއްތުން
  • ސްކޫލުގެ މެނޭޖުމެންޓުން އަމަލުކުރާ ގޮތުން މަޖީދިއްޔާގެ ނަން ހަޑިވުން
  • ޕީޓީއޭ އުވާލާނެ ކަމަށް ބުނެ ޕްރިންސިޕަލް ބިރުދެއްކުން
  • ބެލެނިވެރިން ހޯދާ ސްޕޮންސާ ފައިސާ އާއި ތަކެއްޗަށް ވާ ގޮތެއް ނޭނގުން
  • ސްކޫލުގެ މެނޭޖުމެންޓާ ނުހުރި، އެތައް ޓީޗަރުންނެއް ސްކޫލުން ވަކިވުން
  • ސްކޫލުގެ 30 ކްލާސްރޫމް އޭސީކުރަން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހަދިޔާކުރެއްވި އޭސީ ޔުނިޓުތަކަށް ވީނުވީއެއް ނޭނގުން

އެ ޕެޓިޝަނުގައި ވަނީ، ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލް ވަކިކުރައްވައި ވީ އެންމެ އަވަހަށް އެ މަގާމުތަކަށް އިތުރު ބަޔަކު ހަމަޖެއްސުމަށް އެދިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!