ޚަބަރު
އެކްސްޕެޓް ސިސްޓަމްގެ އެއްބަސްވުން ބާތިލުކުރުމުން 13.7 މިލިއަން ޑޮލަރުގެ ބަދަލެއް ދެނީ!

“އެކްސްޕެޓް އޮންލައިން ސިސްޓަމް” ޤާއިމުކޮށް ޚިދުމަތްދިނުމަށް މެލޭޝިއާގެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައި ނުވާތީ އެކުންފުނިން 13.7 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށް އެދިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތްފޯރުކޮށްދޭ “އެކްސްޕެޓް އޮންލައިން ސިސްޓަމް”ގެ މަސައްކަތްކުރަމުންދިޔަ މެލޭޝިއާގެ ބެސްޓްނެޓާއެކު ސަރުކާރުން ޤާއިމްކުރި އެއްބަސްވުން ބާތިލްކުރި 2019ވަނަ އަހަރުއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ބެސްޓްނެޓްއިން ބަލަހައްޓަމުންދިޔަ “އެކްސްޕެޓް އޮންލައިން ސިސްޓަމަކީ” ބަންގްލަދޭޝްއިން ރާއްޖެއަށް އަންނަ މަސައްކަތްތެރިންގެ މެޑިކަލް އާއި އެނޫންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތާއި ގުޅޭ ނިޒާމެއް ކަމަށެވެ.

2019 ވަނަ އަހަރު، ބަންގްލަދޭޝްއިން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލާފައިވަނީ އެ ޚިދުމަތްދެމުން ދިޔަ ކުންފުންޏާއި ވާހަކަދެކެވިގެން ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 2022ވަނަ އަހަރުގެ ތެރޭގައި އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ.

އެކުންފުނިން ދިވެހި ސަރުކާރާއެކު ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުން އެންގެންއޮތްގޮތުން ކުންފުންޏަށް 2019 ވަނަ އަހަރުން ފެށިގެން ލިބުނު ގެއްލުމުގެ ބަދަލުގެގޮތުގައި 13.7 މިލިއަން ޑޮލަރު ދެއްކުމަށް އަންގާފައިވާކަމަށް. އަދި އެގްރީމަންޓުގެ މުއްދަތުކަމަށްވާ 15 އަހަރުގެ ތެރޭގައި ލިބޭ ގެއްލުމަށްވެސް ދިވެހި ސަރުކާރުން ޒިންމާވާންޖެހޭކަމަށްވަނީ އަންގާފައި. ވަޒީރު އިޙްސާން

މިނިސްޓަރ ވިދާޅުވީ އޭރު ކުރެވިފައި ހުރި މުޢާމަލާތްތަކަށް ބަލާއިރު އޭރު ޢަމަލުކުރަމުންދިޔަ ސެޓްލަމްންޓް އެގްރީމަންޓްގެ ތެރެއިން އެމީހުންނަށް ބަދަލުދޭން ނިންމާފައި އޮތްކަން ހާމަވާ ކަމަށާއި، ނަމަވެސް މިހާތަނަށް އެ ކުންފުންޏަށް ބަދަލެއް ދީފައިނުވާ ކަމަށެވެ. އަދި ސަރުކާރު ބަދަލުވުމަށްފަހު ސެޓްލްމަންޓް ކޮމިޓީ އުވާލާފައިވާތީ މިކަމުގައި އެކުންފުންޏާއެކު ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު އެ މައްސަލަ ހައްލުކުރާނެ ގޮތްތަކެއް ހޯދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު ސަރުކާރުން ގެއްލުމަށް ޒިންމާވުމުގެ ބަދަލުގައި ހަރުދަނާ ސިސްޓަމެއް ޤާއިމުކުރުމަށް އެބަސްވުމަކަށް މިއަހަރުގެ މޭމަހުގެ ތެރޭގައި އާދެވިފައިވާ ކަމަށެވެ. އަދި މި ނިޒާމު ޤާއިމުކުރެވުމުން ދައުލަތަށް ބިދޭސީންނާއި ގުޅޭ އެކި ފީތަކުން ދައުލަތަށް ލިބޭ އާމްދަނީވެސް އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!