ފެހުރިހި ހިމާޔާތް ކުރުމާއި އެތަކެތި އުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމާއި ގުޅޭ ހާއްސަ ގައިޑް ލައިންއެއް ނެރެދެއްވައިފި އެވެ.
މި ގައިޑް ލައިން ނެރެދެއްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. ވަޒިރު މި ގައިޑް ލައިން ނެރެދެއްވީ މި ގައިޑްލައިން ނެރެދެއްވީ ބައިނަލް އަޤްވާމީ ފެހުރިހި ހިމާޔަތް ކުރުމުގެ ދުވަހުގެ މުނާސަބަތުގައި އދ. ދިގުރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އިތުރަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
މި ގައިޑްލައިންގައި ރާއްޖޭގެ މާހައުލުން ފެންނަ ފެހުރިހި ތަބީޢަތު ދަމަހައްޓާ އެއަަށް ބުރޫ ނާރާނެ ފަދައިން އިންސާނުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި އެކަމުގައި ގެންގުޅެނވީ އުސޫލުގެ އިތުރަށް ފެހުރިހި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމަށް އެޖެންސީގެ ހުއްދަ ނަގަންޖެހޭ ކަންކަމާއި ހުއްްދަ ނެގުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާން ކޮށްފައިވެއެވެ.
ފެހުރިހީގެ ދުވަހަކީ ބައިނަލް އަގްވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. އެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮގަސްޓު 30 ވަނަ ދުވަހުގައެވެ.