ޚަބަރު
އެމްސީއެސްގެ މުވައްޒަފުން ކުރައްވަނި ނުރައްކާތެރި އަގުހުރި ޤައުމީ މަސައްކަތެއް: ސީޕީ

ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮންމެ ދުވަހު ކުރައްވަމުން ގެންދަވަނީ ވަރަށް ނުރައްކާތެރި އަދި މުހިއްމު ގައުމީ މަސައްކަތްތަކެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 29 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަރީރް ވިދާޅުވީ ކަރެކްޝަންގެ ފަރާތުން ކޮންމެ ދުވަހަކު ކޮންމެ މިނެޓަކު ކުރައްވަމުން ގެންދަވަނީ ވަރަށް މުހިންމު ޤައުމީ މަސައްކަތެއް ކަމަށާއި، އަދި މިއަދު ހުވާ ކުރެއްވުމަށްފަހު ދެމި ތިއްބަވާ އެންމެހާ އޮފިސަރުން ކުރައްވަން ޖެހިވަޑައިގަންނަނީ އެ މަސައްކަތްތައް ކަމަށެވެ.

އެހެންކަމުން އެ މުއައްސަސާގެ އޮފިސަރުން ހޭދަ ކުރައްވާ ކޮންމެ މިނެޓަކީ ކޮންމެ ސިކުންތަކީ ކޮންމެ ވަގުތަކީ މުހިންމު ވަގުތެއް ކަމަށެވެ. އެއީ ޤައުމީ ނަޒަރުން މުހިންމު ޒިންމާ އެއް ކަމަށް ވެސް ޒަރީރް ވިދާޅުވިއެވެ. މަސައްކަތަށް ނުކުންނަ ހިސާބުން ފެށިގެން އެކަމާ އުޅެން ޖެހެނީވެސް އެ އޮފިސަރުން ކަމަށާއި، މީހަކު ކުށަށް އަރައިގަތުމާއެކުވެސް އެ ހިސާބުންފެށިގެން އެކަން ތަހުގީގް ކުރުމަށް މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އަދި ޕްރޮސެކުއުޓާރ ޖެނެރަލް އޮފީހަށް ގޮސް އެމީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ވަންޏާ ޕްރޮސެކިއުޓް ކުރެވޭ ހިސާބުން މަސައްކަތްތައް ނުނިމޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ހުކުމެއް މީހަކަށް އައިއްސި ކަމުގައިވާނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެކަންތައްތަކާ އުޅުއްވާ އެ ބޮޑު ޒިންމާ އުފުލާ ބަޔަކީ ކަރެކްޝަންގެ އޮފިސަރުން ކަމަށް ޒަރީރް ވަނީ ފާހަގަ ކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!