ޚަބަރު
ފިނޮޅަކަށް ދަތުރު ދިޔަ މީހަކު ގެއްލިގެން ހޯދަނީ

ފިނޮޅަކަށް ދަތުރު ދިޔަ މީހަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓުގައި ފުލުހުން ބުނެފައިވަނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އިއްޔެ ދަތުރުދިޔަ މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާ ކަމަށާއި  އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ އުމުރުން43  އަހަރުގެ ތަސްލީމް މުޙައްމަދު (މ. އަސަރީހަނދާން) އެވެ.

ފުލުހުން ބުނެފައިވަނީ މީނާ އެންމެފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައިވާ ކަމަށެވެ.

ކ.ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅަކަށް ދަތުރު ގޮސްއުޅުނު އުމުރުން 43 އަހަރުގެ ފިރިހެނަކު ގެއްލިގެން، އެ މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން އޮގަސްޓް 29 ވަނަ ދުވަހު ދަތުރު ދިޔަފަހުން އެމީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދިނުމާއެކު އޭނާ ހޯދުމަށް ފުލުހުން ކުރިއަށްގެންދަވާ  އޮޕަރޭޝަންގައި އެ މީހާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ވަނީ ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑްކުރައްވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެެ.

އެގޮތުން ފުލުހުން ބުނެފައިވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި / ހުކުރު) ދުވަހު މި ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދޭ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!