ޚަބަރު
ގައުމީ ޔުނިވަރސިޓީގެ އަހަރީ ދުވަހުގެ މުނާސަބާގައި ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އަހަރީ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ގައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ވިދާޅުވީ އެކްސް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ގައުމީ ޔުނިވަރސިޓީގެ ވެރިންނާއި މުވައްޒަފުންނާއި އެދުރުންނާއި އިސްދަރިވަރުންނާއި ދަރިވަރުންނާއި ބެލެނެވެރިންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ގައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިއަދާ ހަމައަށް ޔުނިވަރސިޓީން ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އަދި ޔުނިވަރސިޓީގެ މަގުސަދުތައް ހާސިލުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގައުމީ ޔުނިވަރސިޓީގެ މަގުސަދަކީ، ދިވެހިރާއްޖެ ފުރިހަމަ މިނިވަން އިސްލާމީ ގައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ބޭނުންވާ، އަދި ގައުމުގެ ސަގާފީ، އިޖުތިމާއީ، އިގުތިސާދީ ތަރައްގީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ އިލްމާއި ހުނަރު އުފައްދައި، ހޯދައި، ރައްކާތެރިކޮށް، ފެތުރުމެވެ.

ޔުނިވަރސިޓީގެ ޚާއްސަ މަގުސަދުތަކުގެ ތެރޭގައި އާންމުކޮށް، އިލްމާއި ހުނަރު އިތުރުކޮށް ފުޅާކުރުމާއި، ރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ ދާއިރާތަކުންނާއި، މަތީ ތައުލީމުން މަންފާކުރާނެ ގޮތަކަށް ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސާނަވީ ތައުލީމު ހާސިލު ކޮށްފައިވާ މީހުންނަށާއި ނުވަތަ އެ ފެންވަރުގެ މީހުންނަށް ބޭނުންވާ މަތީ ތައުލީމާއި ތަމްރީނު ދިނުމާއި އިލްމީ އަދި ސައިންޓިފިކް ތަހުގީގާއި، ދިރާސާކުރުމާއި، މިފަދަ ހަރަކާތްތަކުގެ ނަތީޖާތައް، ގައުމީ އަދި ބައިނަލްއަގުވާމީ މުޖްތަމައުގެ މަންފާއަށްޓަކައި ޝާއިއުކުރުން ހިމެނެއެވެ.

މީގެެއިތުރުން އިސްލާމީ އަދި ދިވެހި އާދަކާދަތަކާއި، އަދަބުތައް ކުރިއަރުވައި ފެތުރުމާއި އިސްލާމީ ޝަރީއަތާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާ ޚިލާފުނުވާ ގޮތެއްގެ މަތިން، މި މަގުސަދުތައް ހާސިލު ކުރުމަށް އެހީވެދޭ ކޮންމެ ކަމެއް ކުރުން ވެސް ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!