ޚަބަރު
ރީޖަނަލް އެއާޕޯޓްސްތައް އެމްއޭސީއެލްގެ ދަށަށް

ރީޖަނަލް އެއާޕޯޓްސް ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކުންފުނީގެ ދަށަށް ދަށަށް ބަދަލުކުރުމަށް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން އެ ބައްދަލުވުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ރައީސް އޮފީހުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގައި ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކެބިނެޓުގައި މިއަދު މަޝްވަރާކުރައްވާނެ އެންމެ މުހިންމު އެއްކަމަކީ ރީޖަނަލް އެއާޕޯޓްސް ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކުންފުނީގެ ދަށަށް ބަދަލުކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

އެއީ ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ބިޒްނަސް ސެންޓްރަލް ކޯޕަރޭޝަން (ބީސީސީ) މި ދެ ކުންފުނި އެކީގައި މަސައްކަތް ކުރުމާބެހޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު އަދި ކުރިއަރާފައިވާ ކުދި ބައެއް ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް އިގުތިސާދު ޑައިވަރސިފައިކުރުމަށް އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމެއް ތައާރަފުކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!