ޚަބަރު
ސިވިލް ކޯޓުގެ އިސް ގާޒީގެ މައްސަލަތަކެއް ޖޭއެސްސީއާއި އޭސީސީއަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަޙީދާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ހުވަދޫއަށް މައުލޫމާތު ލިބިފައިވާ ގޮތުން ގާޒީ މަރިޔަމް ވަޙީދާގެ މައްސަލަތަކެއް މިދިޔަ ހަފުތާގެ ތެރޭގައި ޖޭއެސްސީއަށާއި އޭސީސީއަށް ހުށަހެޅީ ސިވިލް ކޯޓުގެ މުވައްޒަފުންތަކެކެވެ.

އެގޮތުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ސިވިލް ކޯޓަށް މުވައްޒަފުން ނެގުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ގާޒީ މަރިޔަމް ވަޙީދާ އަމަލުކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައެއް ހިމެނެއެވެ.

ކޯޓަށް އަލަށް ނަގާފައިވާ މުވައްޒަފުންނަކީ ވެރިން ނޮމިނޭޓްކޮށްގެން ނަގާފައިވާ މުވައްޒަފުން ކަމަށާއި މިއީ އެ ކޯޓުގައި އޮންނަ ސަގާފަތަކަށްވެފައިވާ ކަމެއް ކަމަށް ޖޭއެސްސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

ގާޒީ މަރިޔަމް ވަޙީދާއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަތަކާ ގުޅިގެން ޖޭއެސްސީއާއި އޭސީސީއިން އަދި ވަކި އެއްޗެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

ގާޒީ މަރިޔަމް ވަޙީދާއަކީ ސްޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަށް ގެންދަވައި ހުކުމް އިއްވެވުމާ ގުޅިގެން މީގެކުރިން ސްޕްރީމް ކޯޓުން ފިޔަވަޅު އަޅާފައިވާ ގާޒީއެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!