ޚަބަރު
އަޠްހަރު ދަންޖެހިފަ ހުއްޓާ ފެނުނީ ކެމެރާ މޮނީޓާރ ކުރަމުންދަނިކޮށް: ފުލުހުން

ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރުދައްކައިގެން އުޅުނު އަހުމަދު އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފަ ހުއްޓާ ފެނުނީ ކެމެރާ މޮނީޓާރ ކުރަމުންދަނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އަތްހަރު އަމިއްލައަށް މަރުވާން އުޅުމުން ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ޖަލު ކެމެރާ މޮނީޓާރ ކުރަމުންދަނިކޮށް އަޠްހަރު ދަންޖެހިފަ ހުއްޓާ ފެނުނީ 19:02 ގައި ކަމަށާއި، ހަމަ އެވަގުތު ޖަލު ގޮޅި ހުޅުވައި އަޠްހަރު ތިރީގައި ބޭއްވުނު ކަމަށެވެ. އޭނާ ސްޓެޗާއަށް ލައިގެން ގޮޅިން ނެރުނީ 19:05 ގައި ކަމަށެވެ. އަދި 19:06 ގައި ދޫނިދޫ ކުލިނިކަށް ގެންދެވުނު ކަމަށާއި، 19:14 ގައި އެމެޖެންސީގައި ލޯންޗުން މާލެ ގެންދެވުނު ކަމަށެވެ. އައިޖީއެމްއެޗްއަށް ގެންދިއުމަށް އެމްބިއުލާންސްއަށް އެރުވުނީ 19:17 ގައި ކަމަށާއި، އައިޖީއެމްއެޗް އެމްޖެންސީ އަށް ވައްދާލެވުނީ 19:25 ގައި ކަމަށެވެ.

އަތުހަރައަކީ ވަޅިއަކުން ބިރު ދައްކައިގެން އަންހެނަކު ރަހީނުކުރުމުން އެމީހާ ފަހަތުން ގޮސް މުގުރަކުން ޖަހާ އަންހެން މީހާއަށް އަނިޔާއެއް ނުވާނެހެން ފުލުހުން ވަނީ އެ އަންހެންމީހާ ސަލާމަތްކޮށްފައެވެ.

އެ ހާދިސާގައި ފުލުހަކަށް ވެސް ވަނީ އަނިޔާވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!