ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މިއަދު މުހިއްމު ބައްދަލުވުމެއް ބާއްވައިފިއެވެ.
އެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވ.
އެ ބައްދަލުވުމުގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ މަސައްކަތްތައް އަވަސް ކުރުމާއި، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މި މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ޚިޔާލު ބަދަލުކުރެވުނެވ.
ދިވެހިރާއްޖެ ފެހިކުރުމަށާއި، ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި 5 އަހަރު ތެރޭގައި، 5 މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދައި، ގަސްގަހާގެހި އިތުރުކޮށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރެވެމުންދެއެވެ.

