ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު ޔޫއޭއީއަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަދު ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި މަހުގެ 4 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ޔޫއޭއީގެ ބޮޑުވަޒީރުގެ އިތުރުން ޔޫއޭއީ ސަރުކާރުގެ އިސް ވެރިންނާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓަރު ޒަމީރުގެ އަރިހުގައި މި ދަތުރުފުޅުގައި އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަޞީރާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!