ޚަބަރު
ސަފީރު ޝިއުނީންގެ ސަފީރުކަމުގެ ފަތްކޮޅު، ބަންގްލަދޭޝްގެ ރައީސަށް އަރުވައިފި

ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އާ ސަފީރު ޝިއުނީން ރަޝީދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށް އަރުވައިފިއެވެ.

ސަފީރު ޝިއުނީންގެ ސަފީރުކަމުގެ ފަތްކޮޅު އެރުވީ ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ބަންގާބަބާންގެ ރިޔާސީ ގަނޑުވަރުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށްފަހު ދެބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ޝަހާބުއްދީން ވަނީ ސަފީރު ޝިއުނީންގެ ސަފީރުކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝްގެ ރައީސާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.

މީގެއިތުރުން ސަފީރު ޝިއުނީން ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!