މާލެ ސަރަހައްދުގައި އިމާމުވެ ހުކުރު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ހުކުރު ކުރުމުގެ ހުއްދަ އޮންނަ މީހުން ކުރެ، ރީތިކޮށް ޤުރުއާން ކިޔަވާ، ފަރިތަކޮށް ޚުޠުބާ ކިޔާ ފަރާތްތައް ހޮވާނީ އިންޓަވިއުއެއްގެ ތެރެއިން ކަމަށެވެ.
ވަޒީރުގެ ޕޯސްޓުގައިވަނީ މިކަމަށް އެދި ހުށަހަޅަންޖެހޭ ގޫގްލް ފޯމްގެ ލިންކް ހިއްސާކުރައްވައިފައެވެ.
http://forms.gle/kgBc4RhvepytFV…
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިކަމަށް ހުޅުވައިލިއިރު، އެ ވުޒާރާއިން މިހާރު ވަނީ ޚަތީބުންގެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.
މި މަސައްކަތް ފެށީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޚުތުބާ ދެއްވާ ބައެއް ޚަތީބުން ޚުތުބާ ދެއްވާއިރު ކުށްޖެހޭތީ ބައެއް ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ.

