ޚަބަރު
ޑްރަގް ކޯޓުން ވައްކަން ކުރި މީހާ ހައްޔަރު ކޮށްފި

ޑްރަގް ކޯޓުން މި މަހު 27 ވަނަ ދުވަހު ވައްކަންކުރި މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ ސ. ހިތަދޫ ދެ ކުލައަރާގޭ މުހައްމަދު އަސްލަމް 32 ކަމަށެވެ. މީނާ ހައްޔަރުކުރީ 31 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ކަމަށާއި، ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް އޭނާގެ ބަންދަށް ޖަހާފައިވާ ކަމަށެވެ. މި ހާރު ގެންދަނީ އެ މައްސަލަ ތަހުގީގް ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން 2022 ވަނަ އަހަރުވެސް ޑްރަގް ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން މީހަކު ވަނީ ކޯޓުން ވައްކަންކޮށްފައެވެ. 27 ވަނަ ދުވަހު ކުރި ވައްކަމާ ގުޅިގެން ޑްރަގް ކޯޓުން އޭރު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިހާތަނަށް ބެލެވޭ ގޮތުގައި، އެ ވައްކަމުގެ މައްސަލައިގައި އުޅެފައިވަނީ އެންމެ މީހެއްކަމަށެވެ. އަދި އެމީހާ ކޯޓު ތެރެއަށް ވަދެފައިވަނީ، ކޯޓާ އިންވެގެންވާ ގެތަކާ ކޯޓާ ދެމެދު އޮންނަ ގޯޅިއަށް ހުރި ކޯޓުގެ ޝަރީއަތްކުރާ މާލަމެއްގެ ކުޑަދޮރު ހަލާކޮށްލައިގެންކަމަށެވެ.

ކޯޓްގެ އެ މާލަމުން ކޯޓުގެ އެހެން ހިސާބުތަކަށް ވަދެ، ތަޅުލާފައިވާ ބައެއް ކަބަޑުތައް ފަޅާލައި، ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ބައެއް ފައިސާ އެމީހާ ވަގަށް ނަގާފައިވާކަމަށް ވެސް ވަނީ ކޯޓުން ބުނެފައެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް ފާއިތުވި ދުވަސްތަކުގައި ގިނަކަން ފާހަގަކުރެވެއެވެ. ފުލުހުން ގެންދަނީ މިފަދަ މައްސަލަތަކުގައި ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން ފުލުހުންނަށް ޤާނޫނުގެ ތެރެއިން ލިބިގެންދާ ބާރުގެ ތެރެއިން މީހުން ހޯދާ މީހުން ހައްޔަރުވެސް ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!