ޚަބަރު
ދިވެހީން ތިބީ ދިވެހީންގެ ވާހަކަ ދައްކަވާނެ ވެރިއެއްގެ އިންތިޒާރުގައި، ރައީސް ޑރ މުއިއްޒަކީ އެފަދަ ބޭފުޅެއް: ވަޒީރު އާދަމް ނަސީރު

ދިވެހީން ތިބީ ދިވެހީންގެ ވާހަކަ ދައްކަވާނެ ވެރިއެއްގެ އިންތިޒާރުގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އެފަދަ ބޭފުޅެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން  ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ދިވެހިންގެ ޒަމާންވީ ރަނގަޅު ސިފަތަކާއި ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުތައް އިޢާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ.

އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާޙް ކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެ ޝަރަފު އަރުއްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!