ކުޅިވަރު
‎ކުލަބު ފުޓުބޯޅައިގެ ކުލަގަދަ ޓްރާންސްފާ

ފުޓްބޯޅައޭ ބުނުމުން އެންމެންގެ ހިތުގައި ވެސް އާއްމުކޮށް އޮންނަނީ މެސީ އާއި ރޮނަލްޑޯއެވެ. މީގެ އިތުރުން ސާޖިއޯ ރާމޮސް، ނޭމާ، އެމްބައްޕޭ ގެ އުތުރުން ސަލާހް ވެސް ހިމެނިގެން ދެއެވެ. މިއިން ކޮންމެ ކުޅުންތެރިއަކީވެސް ބުރަ މަސައްކަތްތަކެއް ކޮށްގެން މިމަގާމްތައް ހާސިލުކޮށްފައިވާ ކުޅުންތެރިންނެވެ.

މިއިން ކޮންމެ ކުޅުންތެރިޔަކު އެއް ކުލަބުން އަނެއް ކުލަބަށް ބަދަލުވަނީވެސް އެހާމެ އަގުބޮޑުކޮށެވެ. ފުޓުބޯޅައިގެ ދުނިޔެއަކީ ގިނަ ލާރިތަކެއް ޙަރަދު ކުރާ ދުނިޔެއެކެވެ. އަހަރެއްގެ މައްޗައް އެތައް ސަތޭކަ މިލިއަން ޔޫރޯއެއް ޙަރަދުކޮށްގެން މޮޅެތި ކުޅުންތެރިން ގަތުމަކީ މި ދުނިޔޭގެ އާދައެކެވެ.

މިގޮތުން 2017 ވަނަ އަހަރު ތާރީޙީ ބަދަލެއް ކުރެވުނެވެ. މެސީ އެއް ރޮނަލްޑޯ އެއް ނޫނެވެ. ބްރެޒިލްގެ މޮގި ޑާސް ކްރޫޒެސްގެ އުމުރުން 29 އަހަރުގެ ނޭމާ ޖޫނިއަރ އެވެ. ފުރިހަމަ ނަމުން ނަމަ ނޭމަރ ޑަ ސިލްވަ ސަންތޯސް ޖޫނިއަރ އެވެ.

ތާރީޙްގެ ތެރެއަށް ނޭމާގެ ނަން  ވަދެފައިވަނީ 2017 ވަނައަހަރު ލީގް 1 ގެ ކުލަބެއްކަމަށްވާ ޕެރިސް ސެއިންޓް ޖާރމަން (ޕީއެސްޖީ) އާއި ގުޅުނު ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފަރ ގެ މަޤާމާއި އެކުއެވެ. 199.8 މިލިއަން ޕައުންޑް ކިޔާލަން ފަސޭހަވިޔަސް އެއީ ބޮޑު އަދަދެކެވެ. ނަމަވެސް މިއީ ހަޤީގަތެވެ.

ކުލަބާ ގުޅުނުފަހުން ނޭމާ ވަނީ ކުލަބުގެ ތާރީޙުގެ ތެރެއަށް ވެސް ވަދެފައެވެ. ޖުމްލަ 85 ގޯލާއި 51 އެސިސްޓާއި އެކު ކުލަބުގެ އެންމެ ގިނަ ގޯލް ޖެހި 10 ކުޅުންތެރިންގެ ލިސްޓުގައި ހިމެނުމުގެ އިތުރުން 9 އެވޯޑްވެސް ޙާސިލްކޮށްފައެވެ. އެންމެ 112 މެޗުންނެވެ.

މީގެ އިތުރުން ކުލަބަށް 50 އަހަރު ފުރުނު އަހަރު ހަދިޔާއަކަށް ނޭމަރ ދިޔައީ ކުލަބް ގޮވައިގެން ޗެމްޕިއަންސް ލީގް ފައިނަލަށެވެ. މިއީ ކުލަބުގެ އެންމެ ފުރަތަމަ ފައިނަލް ކަމަށް ކުލަބުން ބުނެއެވެ.

ކޮންމެ ކުޅުންތެރިޔަކުވެސް ކުލަބަށް ކުޅެން ފެށުމުގެ ކުރިން ކޮންޓްރެކްޓް ހަދާ އުސޫލުން ނޭމަރ ވެސް ކޮންޓްރެކްޓެއް ހެދިއެވެ. 2017 ވަނައަހަރު ހެދި މި ކޮންޓްރެކްޓް ހަމަވާން ކައިރިވެ ކުލަބުގެ ސަޕޯޓަރުން މާޔޫސް ކަމެއްގައި ތިއްބާ ނޭމަރ އަނެއްކާވެސް ސަޕޯޓަރުން ސިއްސުވާލީ އިތުރު ތިން ސީޒަނުގެ ކޮންޓްރެކްޓަކުންނެވެ.

އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު ޖޫން 30 ވަނަދުވަހަށެވެ. އޭރުގެ މާކެޓް ވެލިއު އެއް އަދި ބުނަން ނޭގުނަސް މިހާރުގެ ނޭމާރ ޖޫނިއަރ ގެ މާކެޓް ވެލިއު އަކީ 215.6 މިލިއަން ޕައުންޑެވެ. ކުރިޔާ އަޅާ ބަލާއިރު 15.8 މިލިއަން ޕައުންޑް އަގުބޮޑެވެ.

ދުނިޔޭގެ ކުލަގަދަ މި ކުޅުންތެރިޔާ އަދިވެސް ދަނީ ހުއްޓުމެއް ނެތި މޮޅު ކުޅުންތައް ދައްކަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!