ދުނިޔެ
ޖޯޖިއާގެ ސްކޫލެއްގައި 4 މީހަކު މަރާލިކަމުގެ ތުހުމަތުގައި 14 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ޖޯޖިއާގެ ވިންޑާގައި ހުންނަ އަޕަލާޗީ ހައި ސްކޫލުގައި ބުދަ ދުވަހުގެ ހެނދުނު ހިނގި ބަޑީގެ ހަމަލަައެއްގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށާއި ބަޑިގެންގުޅެ ޝޫޓުކުރުމުގެ ކުށުގައި 14 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި ކަމަށް ޖޯޖިއާ ބިއުރޯ އޮފް އިންވެސްޓިގޭޝަން (ޖީބީއައި) އިން ބުނެފިއެވެ.

މި ހާދިސާގައި އިތުރު 9 މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ޖީބީއައިއިން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް ގާނޫނީ ބައެއް ފަރާތްތަކުން ސީއެންއެންއަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި 30 އަށްވުރެ ގިނަ މީހުންނަށް މި ހާދިސާގައި އަނިޔާވެފައިވެއެވެ.މި މައްސަލާގައި ތުހުމަތު ކުރެވެނީ އަޕަލަޗީ ހައި ސްކޫލުގައި ކިޔަވަމުން އަންނަ އުމުރުން 14 އަހަރުގެ ކުއްޖަކަށް ކަމަށް ރިޕޯޓުތައް ވަނީ އެންމެ ފުރަތަމަ ވަގުތުވެސް ބުނެފައެވެ. އަދި މިހާރު ޖީބީއައި އިން ބުނާ ގޮތުގައި ތުހުމަތުކުރެވޭ ކުއްޖާ ހުރީ ސަލާމަތުން ރައްކާތެރި މާހައުލެއްގައި ބަންދުކޮށްފައެވެ.

ބެރޯ ކައުންޓީ ޝެރިފްގެ އޮފީހުންވެސް މިމައްސަލައިގައި ތުހުމަތު ކުރެވޭ އެކަކު ހައްޔަރުކުރެވިފައިވާ ކަމަށާއި ހައްޔަރުކޮށްފައި ވަނީ މިމައްސަލައިގައި ތުހުމަތު ކުރެވޭ 14 އަހަރުގެ ސްކޫލު ކުއްޖާ ކަމަށް ވަނީ ޔަގީންކޮށްދީފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!