ޚަބަރު
ސީޕީ ޝުޖާއުގެ ބައްޕަ ނިޔާވުމާއި ގުޅިގެން ރައީސް ޑރ. މުއިއްޒުގެ ތައުޒިއްޔާ

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ލޮބުވެތި ބައްޕާފުޅު އަނިޔާވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ. 

ރައީސް ތައުޒިއްޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ސީޕީގެ ލޮބުވެތި ބައްޕާފުޅަކީ ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ ޚުލްގު ހެޔޮ ބޭފުޅެއްކަމަށެވެ. އަދި ޢަބްދުއްސަލާމް ޢަލީ އަވަހާރަވި އަޑު އެއްސެވީ ފުން ހިތާމައާއެކުކަމަށެވެ.

ސީޕީގެ ބައްޕާފުޅު މަރުޙޫމް ޢަބްދުއްސަލާމް ޢަލީއަކީ ހއ.ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވައި ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެއްގެ ގޮތުގައި ރައީސް ގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސްގެ ޕޯސްޓުގައިވަނީ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވައި، މާތްﷲގެ ތަނަވަސް ރަޙްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މަރުޙޫމް ޢަބްދުއްސަލާމް ޢަލީ ލެހެއްޓެވުމަށް ދުޢާ ދަންނަވާފައެވެ.

އެނގިފައިވާ ގޮތުގައި ސީޕީ ޝުޖާޢުގެ ބައްޕަ ނިޔާވީ މިއަދު ހެނދުނު މާލޭގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. 

މިވަގުތު ސީޕީ ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ގައުމުން ބޭރުގައި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!