ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ އަށް ފުރާ ވަޑައިގެންފިއެވެ.
ނައިބު ރައީސް މާއުނގޫދުއަށް ވަޑައިގަތީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އަތޮޅު ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
އެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އެރަށުގައި ބާއްވަވާ ޙަފްލާތަކުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.