ޚަބަރު
ޤައުމީ ދުވަސް ފާހަގަ ކުރުމަށް މާއުނގޫދޫގައި ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫގައި ބޭއްވި ސަޤާފީ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ.

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލު ގުޅިގެން މާއުނގޫދޫ ޞިއްޙީ މަރުކަޒު ސަރަޙައްދުގައި ކުރިޔަށްދިޔަ މި ސަޤާފީ ހަވީރުގައި ޤައުމީ ދުވަހާ ގުޅިގެން މާއުނގޫދޫ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ތައްޔާރުކޮށްފައިވާ އިހުގެ ދިވެހީންގެ ދިރިއުޅުމާއި، ކޮށްއުޅުނު މަސައްކަތް ދައްކުވައިދޭ ސްޓޯލްތަކެއްވެސް އެސަރަޙައްދުގައި ގާއިމުކޮށްފައިވެއެވެ. އަދި މިހަވީރުގައި މާއުނގޫދޫ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ޤައުމީ ދުވަހާ ގުޅުވައިގެން ތަމްސީލާ ދުވަހާގުޅޭ ބައެއް އައިޓަމްތައް ހުށަހެޅުންވެސް އޮތެވެ.

އެ ސަޤާފީ ހަވީރުގައި ހުށަޅައިދިން ހަރަކާތްތަކާ އެތަނުގައި ގާއިމުކޮށްފައިހުރި ސަޤާފީ ސްޓޯލްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ. އަދި މި ހަވީރުގެ ހަރަކާތްތަކުގައި އެރަށުގެ ގިނަ ޢަދަދެއްގެ ކުޑަކުދިންނާ ޢާންމު ރައްޔިތުންވެސް ބައިވެރިވިއެވެ.

މީގެ އިތުރުން އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ. މާއުނގޫދޫއަށް ވަޑައިގެންނެވި މެހުމާނުންގެ ޝަރަފުގައި މިރޭ ބާއްވާ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!