ޚަބަރު
އަޠްހަރުގެ ހަށިގަނޑު ރާއްޖެ ގެނެސްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުުއްޓައި ދަންޖެހިގެން މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގަ ހުއްޓާ މަރުވި އަޠްހަރު ބޭރަށް ގެންދިޔައީ މިދިޔަ ބުރުރާސްފަތި ދުވަހުއެވެ. އަތްހަރުގެ ހަށިގަނޑު ރާއްޖެ ގެނައި މިއަދު 30 :17 ގައެވެ.

އަތުހަރުގެ ކަށުނަމާދު މިރޭ 10:00 ގައި ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަތުހަރު ހައްޔަރު ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ، އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރުދީ އެ އަންހެން މީހާ ރަހީނުކުރި މައްސަލައިގައެވެ.

އެ ހާދިސާގައި އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި އަތުހަރަށް އަނިޔާވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!