ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް މުހައްމަދު އަސްލަމް އައްޔަންކޮށްފި އެވެ.
ސްޓެލްކޯގެ ބޯޑަށް އަސްލަމް އައްޔަންކުރިކަން އެ ކުންފުނިން ހާމަކުރީ މިރޭ އެ ކުންފުނީގެ އެކްސްގެ ރަސްމީ އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ބޯޑަށް އަސްލަމް އައްޔަންކުރުމާ ގުޅިގެން، “އެކްސް” މެދުވެރިކޮށް އޭނާއަށް މަރުހަބާވެސް ކިޔައިފަ އެވެ.
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ.
އެ ބޯޑުގައި ދެން ހިމެނެނީ ޗެއާމަން މުހައްމަދު ލަތީފް އާއި، ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާ ޔޫސުފް ވަހީދު، އަހުމަދު ހާޝިމް، މަރްޔަމް ސާޖިދާ، މުހައްމަދު އާމިރު އަދި ސެކްރެޓަރީ އުސްތާޒު އަހުމަދު ސަމީހެވެ.