ޚަބަރު
ނާދީގައި ތަފާތު ހަރަކާތެއް: މިފަހަރު ކުދިންނާއެކު އާޓް ކްލާހެއް!

އާއިލީ ގުޅުން ބަދަހިކުރުމާއެކު، މާމަ ކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީން ސިލްސިލާގޮތެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މާމަ ކާފަ ކުދިންނާއެކު އާޓް ކްލާހެއް ކުރިއަށް ގެންގޮސްފި އެވެ.

މިއީ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވުނު ވަރަށް ތަފާތު ހަރަކާތެއްގެ ގޮތުގައި ބައިވެރިން ފާހަގަކުރެއެވެ. މި ކްލާހުގައި އިސްރަށްވެހިން ވަނީ އެ ފަރާތްތަކުގެ މާމަ އަދި ކާފަ ދަރިން ވެސް ބައިވެރިކޮށްފަ އެވެ. އަދި ކުދިންނާއެކު ކުރެހުމުގައި މަޖާ މަޖުގުކޮޅެއް ހޭދަކޮށްލެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ހަރަކާތުގައި ބައިވެރިވި އިސްރަށްވެހިން ވަނީ ފާހަގަކޮށްފަ އެވެ.

މި ހަރަކާތުގައި ބައިވެރިވި ކުދިން ކިޔައިދިން ގޮތުގައި އިސްރަށްވެހިންގެ ނާދީފަދަ ތަފާތު މާހައުލެއްގައި އެކުދިންގެ މާމައިންނާއި ކާފައިންނާއެކު ކުރެހުމުގެ ކްލާހެއްގައި ބައިވެރިވެ ކުރެހުމުގެ ތެރެއިން އެކުދިންގެ ޝުއޫރުތައް ފާޅުކޮށްލަން ފުރުސަތު ލިބިގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެކެވެ.

މިއީ ތަފާތު ތަޖުރިބާއެއް ކަމަށާއި، މި ހަރަކާތުގެ ތެރެއިން އެ ކުދިންގެ މާމަ، ކާފަމެންނާއެކު ހިތްހަމަ ޖެހޭ މަޖާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވުނުކަން ކުދިން ފާހަގަކޮށްފައި ވެއެވެ.

އަދި ހަމަ އެއާއެކު މުސްތަގުބަލުގައި ވެސް ގޭތެރޭގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެކަން ދަސްވެގެން ދިޔަކަން ވެސް ކުދިން ވަނީ ފާހަގަކޮށްފަ އެވެ.

އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވޭ މިފަދަ ހަރަކާތްތަކުގެ ތެރެއިން އާއިލީ ގުޅުންތައް ހަރުދަނާވުމުގެ ފުރުސަތު ފަހިވެގެން ދިއުމުގެ އިތުރުން އިޖުތިމާއީ ގުޅުން ބަދަހިވެ، އިސްރަށްވެހިންގެ އެކި ހުނަރުތައް ދެނެގަތުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!