ޚަބަރު
އަލިފާނުގެ ހާދިސާ ހިނގި ކެފޭގެ މަތީގައި 50 ބިދޭސީން ދިރިއުޅޭ: އެންޑީއެމްއޭ

މިއަދު ރޯވި ކެފޭގެ މަތީގައި 50 ބިދޭސީން ދިރިއުޅޭ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ބުނެފި އެވެ.

މިއަދު މެންދުރު އަލިފާން ރޯވީ ހ. ދޫހިމެނރިގޭގެ ތިރީ ފަންގިފިލާގައި ހިންގަމުންދިޔަ ކެފޭއެއްގަ އެވެ. އަދި އަލިފާން ރޯވިކަަމަށް ބެލެވެނީ އެ ކެފޭގެ ބަދިގޭގަ އެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާކަންހާއިރު އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލައިފަ އެވެ.

މި ހާދިސާއާ ބެހޭގޮތުން އެންޑީއެމްއޭގެ އޮފިޝަލަކު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގިތަނުން 50 ބިދޭސީންނާއި ހަ ދިވެހީން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އެއީ ކޮންކޮން ބައެއްތޯ ބަލައި، އެ ފަރާތްތަކަށް އެހެީތެރިަކން ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

“އެ ބޭފުޅުން އައިޑެންޓިފައި ކުރެވުނީމަ އެ ދޭން ޖެހޭ ބޯހިޔާވަހިކަމާއި އަންނައުނާ އެ ކަންތައްތައް ވެސް ކުރިއަށް ގެންދާނެ. ” އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ އެ ހާދިސާގައި އެ އިމާރާތް ވަނީ ވަރަށް ބޮޑަށް އަނދައި ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!