މާލޭގެ ސޯސަންމަގު ކޮޅުގައި ހުންނަ ހެންވޭރު ދޫހިމެރިގޭ ތިރީބައިގައި ހުރި ގާމަގު ކެފޭގައި ޜޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ އިމާރާތް ބޭނުން ނުކުރެވޭވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނާއި އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު މެންދުރުން 2:47 ހާއިރުއެވެ. އަލިފާނުގެ ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބުމާއެކު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތްކޮށްފައެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މިއަދު 3:30 އެހާއިރު އެވެ. ނަމަވެސް އަނެއްކާވެސް ރޯވަމުންދާ ކަމަށް ފުލުހުން މިހާޜު ވަނީ ބުނެފައެވެ.
އަލިފާން ރޯވި ކެފޭހުރި އިމާރާތުގެ އިތުރުން ޖެހިގެންހުރި 3 އިމާރާތުގައިވެސް އަލިފާންގަނޑު ހިފާ ވަރަށް ބޮޑަށް ރޯވެފައެވެ. މި ހާދިސާގައި ކެފޭގައި ހުރި ހުރިހާ އެއްޗެއް އަނދާފައިވާއިރު، މުޅި އެ އިމާރާތްވަނީ އަލުން ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
ނަމަވެސް އެެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ފުލުހުންނާއި ސިފައިން ބުނެއެެވެ.