ޚަބަރު
ބަންކަރިންގެ ހިދުމަތްދޭ ފުރަތަމަ ބޯޓް ރާއްޖެއަށް އަތުވެއްޖެ

ރާއްޖެއިން ބަންކަރިންގެ ހިދުމަތްދޭ ފުރަތަމަ ބޯޓް ކަމަށްވާ “މެރިން އޭންޖަލް” ކުޅުދުއްފުށީގައި މިއަދު ބަނދަރުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ބަންކަރިންގެ ބޯޓުތައް މިހާރު ރާއްޖެއަށް ދަތުރުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ދެވަނަ ބޯޓު ކަމަށްވާ “މެރިން ބެލާ” ވެސް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފަށާނީ 4000 ޓަނުގެ ތެޔޮ އުފުލޭ ދެ އުޅަނދާއެކު އެވެ. އަދި ރާއްޖޭގައި ބަންކަރިންގެ ހިދުމަތްދެނީ ދުނިޔޭގެ މުދާ އުފުލާ އަދި ޝިފިން މަސައްކަތްތައް ކުރަމުންދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ.

ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެއްކަމުން، ބަންކަރިންގެ ހިދުމަތް ފެށުމުން އިގްތިސޯދީ ގޮތުން ރާއްޖެ ކުރިއަރައިގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

އަދި މި ހިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީއަށް އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!