ޚަބަރު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބަންދު ކޮށްފި

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު, ދުއްވާ އުޅަނދުފަހަރު ނުވަދެވޭ ގޮތަށް ބަންދުކޮށްފި އެވެ.

ފުލުހުން އެކްސް ޕޯސްޓެއްގައި ވަނީ މަގު ބަންދުކޮށްފައިވާ ސަރަހައްދު ދައްކުވައިދޭ މެޕް ހިމަނާފައިވެ އެވެ.

ދޫހިމެރިމަގާއި ސޯސަން މަގު ކަންމައްޗަށްވާ ގޮތަށް ހުރި ގާމަގު ކެފޭގައި އަލިފާން ރޯވެފައިވަނީ މިއަދު މެންދުރުން އަނބުރައި 2:48 37 ހާއިރު އެވެ. އަލިފާން ނިއްވައިލެވުނީ ގާތްގަނޑަކަށް ގަޑިއިރެއްގެ ތެރޭގަ އެވެ. އެކަމަކު މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އަލިފާން އަނެއްކާ ރޯވެގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް މިރޭ 9:20 ހާއިރު ފުލުހުން ބުނެފައިވެ އެވެ.

ދެ ފަންގިފިލާއަށް ނަގާފައިވާ އެ އިމާރާތުގެ މަތީ ފަންގިފިލާ ހަދާފައިވަނީ ޓިނުންނެވެ. ދެ ފަންގިފިލާ ވެސް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އެނދި އެވެ.

މިއަދު ރޯވި ތަނުގައި 50 ބިދޭސީން ދިރިއުޅޭ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!