ޚަބަރު
ހައްޖަށް ދިޔަ ސިހުރުވެރިއަކާއިމެދު ކަންތައްވެގެން ދިޔަގޮތް!،

އެއީ މީގެ ދުވަސްކޮޅެއް ކުރިއެވެ. ދީނީ އިލްމުވެރިޔާ ޝެއިޙް އާދަމް ނިޝާން އިބްރާހީމް ހަޖަށްދިޔައީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށެވެ. މައްކާގެ އެ މާތް ބިމަށްފޭބުމާއެކު އޭނާވެސް އެހެންމީހުންނެކޭ އެއްގޮތަށް އަވަސްވެގަތީ އަޅުކަމާއިގެންނެވެ. ނަމަވެސް އެދަތުރުން އިބްރަތެއް ގެނުވާ ހާދިސާއަކާއި ކުރިމަތިލާން ޖެހުނު ކަމަށް ނިޝާން ވިދާޅުވިއެވެ.

ހައްޖްަށް ގޮސް ބަޔަކު /ފޮޓޯ : ގޫގްލް

ނިޝާން އިބްރާހީ މީސްމީޑިއާ އަށް ދޫކުރެއްވި މި ވާހަކައިން އިބްރަތެއް ލިބިދާނެ ހީކުރަމެވެ.

އެ ދަތުރުގައި ހައްޖަށްދިޔަ ދިވެހި ސިހުރުވެރިއެއްގެ މަރު އޭނާއާއި ކުރިމަތިވި ގޮތް ކިޔައިދިނެވެ.

މިއީ މުޅި ރާއްޖެއަށް މަޝްހޫރު ސިހުރުވެރިއެއްގެ ވާހަކައެވެ.

ހަވީރު ފިނިއަށީގައި މަޑުކޮށްގެންއިދެ އޭނާގެ އެކުވެރިންނަށް މި ވާހަކަ ކިޔަދެމުން ނިޝާން ވިދާޅުވީ މިއީ އާދައިގެ ކަމެއްނޫން ކަމަށާއި، މިމީހާވެސް ހައްޖުކުރުމަށް ތައްޔާރުވަމުން ދިޔަކަމަށެވެ. ނަމަވެސް ކުރިން މައުލޫމާތު ލިބިފައި އޮތްގޮތުން އޭނާއަކީ ސިހުރުވެރިއެއްކަން އޭރު އެނގޭކަމަށެވެ. އެހެންކަމުން އެ ބިމުގައި ދަރުސްދޭއިރު ސިހުރާއި ގުޅުވައިގެން ދަރުސް ދިނުމަށް ތައްޔާރުވަމުން ދިޔަ ކަމަށެވެ.

” އެނގޭތަ އެއީ މުޅި ރާއްޖެއަށް މަޝްހޫރު ސިހުރުވެރިއެއް. އަޅުގަނޑުމެން ވިސްނައިފިން މަދީނާއިން އަންނަ ދަތުރުގަ މަދީނާ ކުދިން އެމީހުން ތަންތަނަށް ގެންދިއުމަށް. މަދީނާގެ ތާރީޙީ ތަންތަނަށް ގެންދިއުމުގެ ތެރޭން އެކަންތައް ކުރަން. އަޅުގަނޑުމެން ސީދާ ފޯކަސް ކޮށްގެންދިޔައީ އޭނައާއެކު ބަހަށް އަރަން. އެއީ ސިހުރުގެ ނުބައިކަން ބަޔާން ކޮށްދޭން ވެގެން.” ނިޝާން

ނިޝާން ވިދާޅުވީ އެމީހުން ތިބި ހޮޓަލުން ފުރަތަމަވެސް ބަހަށްއަރައިގެން ޤުބާ މިސްކިތަށް ދިޔަ ކަމަށާއި، އެވަގުތުވެސް ދިޔައީ ނަސޭހަތާއި އަމާންކަމުގެ ވާހަކަތައް ދައްކަވަމުން ކަމަށެވެ. އަދި ރަސޫލުﷲ ސައްލަﷲ އަލައިހިވަސައްލަމް މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ވާހަކަތައްވެސް ކިޔައިދެމުން ދިޔަ ކަމަށެވެ.

”ޝިރުކުން ބަރީޢަ ވާންނެގެންތާ” ނިޝާން ވިދާޅުވިއެވެ.

އެގޮތުން ޝިރުކުގެ ނުބައި ކަމާއި ބިރުވެރިކަން ކިޔައިދެމުން ދިޔަ ކަމަށާއި، އެއަޑުތައް އަހަންއިދެ، ޤުބާ މިސްކިތައް ފޭބިއިރު ވަރުގަދަކޮށްހުރި އެމީހާއަށް ބަދަލުއަންނަން ފެށި ކަމަށެވެ.

ދެންފެށީ ޤުބާ މިސްކިތުން އުހުދު ފަރުބަދަ ކައިރިއަށްދާން ކަމަށާއި އެ ދަތުރުގައި ބަސްތެރޭގައި އަނެއްކާވެސް ވަރުގަދައަށް ސިހުރާއި ޝިރުކުގެ ވާހަކަތައް ދައްކަންފެށި ކަމަށެވެ. “ސިހުރަކީ ޖިއްނިއަށް އަޅުކަން ކޮށްގެން ކުރެވޭ ކަމެއްކަން ވަރުގަދައަށް ކިޔައިދެމުން ދިޔަ ކަމަށެވެ.

އަދި ބަސް ދަތުރު ކުރަމުންގޮސް އުހުދު ފަރުބަދައާއި ކައިރިވިއިރު އޭނާއަށް ތެދުވެސް ނުވެވުނު ކަމަށާއި، ބަހުންވެސް ނުފޭނު ކަމަށެވެ. ބަސް ތެރޭގައި އޭނާ އިނީ މަޑުކޮށްގެން ކަމަށެވެ. އެއަށްފަހު ދިޔައީ ދެ ގިބްލަ ހުންނަ މިސްކިތާއި ޙަންދަގު ހަނގުރާމަ ކުރި ހިސާބަށް ކަމަށާއި، އެހާ ހިސާބަށް ދެވުނުއިރު އޭނައަށް ގުޑާވެސް ނުލެވުނު ކަމަށެވެ. ދެން އޭނަ އެމްބިއުލާންސްގަ މައްކާއަށް ގެންދިޔަކަމަށާއި، އަދި އަރަފާތަށްވެސް ގެންދިޔަ ކަމަށެވެ. އޭގެ ފަހުން އޭނާ ވަރަށް ބޮޑަށް ބަލިވެ އެއްކޮށް ވަރުނެތިވެ ގޮސް މަރުވީ ކަމަށެވެ. އޭނާ މަރުވީ އައްޔާމުއް ތަޝްގީގްގެ ދުވަސްތަކުގައި ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ އޭނަ މަރުވިފަހުން އާއިލާގެ މީހުންގެ ފަރާތުން އެނގުނު ގޮތުގައި އޭނަ މަރުވީ އެމީހުންދިން ދަރުސްތައް އަޑުއިވިފަ ތައުބާވުމުން ޖިއްނިތައް އޭނައަށް އުނދަގޫ ކުރަންފެށުމުން އެވޭނަށް ކަމަށެވެ.

ނިޝާން ވިދާޅުވީ އެކަހަލަ އަދިވެސް ވަރަށް ގިނަ ހާދިސާތައް އެބަހުރި ކަމަށާއި، ތަވީދް ފަދަ އެއްޗެހި އަޅާފައިހުންނަމީހުން އެ ނެގީމަ ޖިއްނިތައް އުނދަގޫ ކުރާ ކަމަށެވެ.  މިފަދަ ހާދިސާތައް ވަރަށްގިނަ ޝެއިޙުންނާ ދިމާވާ ކަމަށާއި، ނަމަވެސް މިއީ އޭނާއަށް އަމިއްލައަށް ތަޖުރިބާކުރެވުނު ހާދިސާއެއް ކަމަށެވެ.

އެހެންކަމުން ސިހުރާއި ޝިރުކުގެ ނުބައިއަމަލުން ދުރުވެގަތުމަށާއި، ނަމާދުކޮށް ހެޔޮއަމަލުކުރުމަށް ފުރުސަތުލިބޭހިދު އެކަން ކުރުމުގައި ދެމި ތިބުމަށްވެސް ވަނީ އެދިލައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!