ޚަބަރު
ބަނގުރަލުގެ ވިޔަފާރިކުރަމުން އައި އިންޑިއާ ދެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުން އައިި އިންޑިއާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސްޓާލިން މުޑިޔައްޕަން (43 އ) އާއި ސެލްވަކުމާރު ގަނޭސަން (42 އ) އެވެ.

އެ ދެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އިއްޔެ ވަނީ އެ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން އެ ދެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް ދެ މީހުން ވަނީ އިއުތިރާފުވެފައެވެ. އަދި މިިފަދަ ކަމެއް ދެން ނުކުރާނެ ކަމަށް އެ މީހުން ބުނިކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި މީހުންނާއެކު މި ކުށުގައި އިތުރު މީހުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭތީ އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް އައިއޯ ބުނެފައިވެއެވެ.

މި ދެ މީހުންގެ ތެރެއިން ސެލްވަކުމާރު ގަނޭސަން އަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ މީހެއް ކަަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!