ޒަހަމްތަކަކާ އެކު މަރުވެފައި އޮތް އަންހެނަކު ނ.. ހޮޅުދޫ އިން ފެނިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ނ. ހޮޅުދޫ ގެ އެއްގައި ޒަހަމްތަކަކާ އެކު އަންހެނަކު އޮތް ކަމަށް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ ރަށު ސިއްހީ މަރުކަޒުން އެ މީހާ މަރުވެފައިވާކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
މަރުވެފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި މިކަމާ ގުޅިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުން ޒަހަމްތަކަކާއެކު އޮއްވާ ފެނުނީ އެ ރަށު ޒަކިއްޔާ މުސާއެވެ.
އެކަމަކުވާދޯ … ނާމާން ރާއްޖެޔެއް.
ހަފުތާއެއްވަންދެން އުޅެލީމަ ފަހުންމީހުންހަނދާންނެތިދާނެ އެހިސާބުންހުއްޓާލީމަނިމުނީ