ޚަބަރު
ތިލަމާލޭ ބުރިޖުގެ މަސައްކަތް ތާވަލާ އެއްގޮތަށް އަވަހަށް ނިންމުމަށް މަޝްވަރާކޮށްފި

ތިލަމާލޭ ބުރިޖުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް އަވަހަށް ނިންމުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭ ބައްދަލުވުން ބާއްވައިފައިވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބު މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން މިނިސްޓަރު މުއްޠަލިބު މާލެ އިން ތިލަފުށި ލިންކް ޕްރޮޖެކްޓްގެ ކޯ-ޗެއަރ ހައިކޮމިޝަނަރު މުނޫ މަހާވާރާއެކު ބޭއްވެވި 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައިފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ޠަޢާމް މުޙައްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދާއި، މިނިސްޓްރީގެ ޓެކްނިކަލް ޓީމްގެ އިތުރުން ރާއްޖޭގެ ފިނޭންސް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސްވެރިންނާއި އިންޑިއާގެ އެގްޒިމް ބޭންކާއި ކޮންޓްރެކްޓަރާއި ކޮންސަލްޓަންޓް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވަނީ ތިލަމާލެ ބުރިޖު މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދިއުމަށް ޓެކްނިކަލް ފެންވަރުގައި މަޝްވަރާކުރައްވައިފައެވެ. އެގޮތުން ތާވަލާ އެއްގޮތަށް މަޝްރޫއު ކުރިއަށް ގެންގޮސް ކަނޑައެޅިފައިވާ ތާރީޚަށް މަޝްރޫއު ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ބައްދަލުވުމުގައި އަލިއަޅުވައިލައްވާފައިވެެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ 43.59 އިންސައްތަ ވަނީ ނިމިފައެވެ.

މާލެއިން ގުޅީފަޅަށް މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މާޗް 2026 އަށް ކަމަށާއި ގުޅީފަޅުން ތިލަފުށްޓަށް މި މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026 ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!