ހދ. ކުޅުދުއްފުށީ ފަޅުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާ އަކީ 36 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހެނދުނު ކުޅުދުއްފުށީ ފަޅުގައި ވެއްޓިފައި އޮތް މީހަކު ނަގާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ ފަޅުތެރޭގައި ޙަބަރުހުސްވެފައި އޮތްމިހަކު ފެނިގެން ސީންގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެ މހާ ނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 8:17 ގައި ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ. އެއީ ކުޅުދުއްފުށީ ޑެޒީ ފެހި މުހައްމަދު ހަސަން 36 ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މީހާ ނިޔާވަން މެދުވެރިވި ސަބަބު އަދި ފުލުހުން ބުނެފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުންގެންދަނީ ތަހުގީގްކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

