ކޮލަމް
ތޮއްޖެއްސުމަކީ އަނިޔާއެވެ!

އިނގިރޭސި ބަހުން ނަމަ ސެންޓްރަލައިޒްޑް ޑިވެލޮޕްމަންޓް ނުވަތަ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތަކީ ރައީސް މައުމޫންގެ ދައުރުގައި ޤައުމުގެ ކޮންޓްރޯލް އަދި އިދާރީ ހިންގުމުގެ އެންމެހާ ކަމެއް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިއުމުގެ މަޤްޞަދުގައި ފެއްޓެވި މާސްޓަރޕްލޭން ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގައި އެންމެ ފާހަގަ ކުރެވޭ ކަމަކީ ވަކި ޢަދަދަކަށްވުރެ މީހުން މަދުން އުޅޭ ރަށްތަކުގައި ތިބޭ ރައްޔިތުން މީހުން ގިނަ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތަކާއި ‏އެހެންވެސް ކަންކަން “ފުރިހަމަވެފައިވާ” ބިންބޮޑު ރަށްތަކުގައި އާބާދުކުރުން ކަމަށްވިއެވެ. އަދި އާބާދީ ބޮޑެތި ރަށްތަކުގައި އަސާސީ ޚިދުމަތްތަކާއި ސާފު ބޯފެނާއި ނަރުދަމާ ޤާއިމްކުރުމާއި ތަރައްޤީކޮށް ކުރިއެރުވުމަކީ މި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާނެ އެންމެ ބޮޑެތި ޤައުމީ މަޝްރޫޢުތައް ކަމުގައި ހަމަޖެއްސެވިއެވެ.

މިހާ ހިސާބަށް ކަންކަން ދިޔައިރުވެސް ފަރުދާގެ ފުރަގަހުގައި ރޭވެމުން ދިޔަ ކަންކަމާއި ކުރެވެމުން ދިޔަ ސައްލާތަކުގެ ހިލަމެއްވެސް ޢާންމު ރައްޔިތުންނަކަށް ނުވެއެވެ. ކެޕިޓަލިޒަމްއާއި ކަނާތުފިޔައިގެ ވިޔަފާރިތަކަށް ނަފާ ހޯދާ ސިޔާސީ ފިކުރުގެ ނިވަލުގައި ތިބެގެން ޤައުމު ލޫޓުވަމުން ދިޔަ މީހުންނަށް މި ސިޔާސަތުތައް ވީ ރަން ބިސް އަޅާ ކުކުޅަކަށެވެ. ފީޒިބިލިޓީ ސްޓަޑީސްތައް ހެދި ވަރަކަށް އެމީހުންގެ ބަހުން ނަމަ “ރާއްޖެތެރޭގައި” މިފަދަ ޕްރޮޖެކްޓްތައް ހިންގުމަކީ ޤައުމަށް ފައިދާއެއް ނެތް އަމުދުން ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ ބޮޑު ހުރަހަކަށް ވާނެކަމަކެވެ. އިންވެސްޓަރުން ޤައުމާއި މެދު ދެކޭގޮތް ބަދަލުވެ، އިންވެސްޓް ނުކުރުމަށް ދައްކާނެ ޢުޒުރު ތަކަކަށް ހަދާނެ ކަންކަމެވެ.

މާލޭގެ އާބާދީ ހައްދުން ނައްޓާ އެތަނުގައި ކަމުގެ ފަންނީ މާހިރުން ލައްވާ ރައީސް މައުމޫންގެ ރަން 30 އަހަރުގައި ބިނާކޮށްފައިވާ އިންފްރާސްޓްރަކްޗަރއަށް ނުކަތައިގެން ދެން ފެނުނު އެންމެ ރަގަޅު ޕޮލިސީއަކަށްވީ ކުޑަކޮށް މައްޗަށް ޢިމާރާތްތައް އުސްކޮށްލާ، އެވަރުން ނުވެއްޖެނަމަ ހުޅުލޭ ފަޅުގައި “ރަށެއްވަރު ތަންކޮޅެއް” ހިއްކާލައިގެން މާލޭގައި ބޮޑުވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމެވެ.

މި ލަނޑުދަޑިތަކަށް ވާޞިލްވުމަށް އޭރު މާލޭގައި ތިބި ޢިމާރާތްކުރުމުގެ ދާއިރާގެ ފުންނާބު އުސް ކުންފުނިތައް އެންމެ ރަގަޅު ކަމަށް ބެލެވި ބޮޑެތި އެތަކެއް ޢިމާރާތްތަކެއް މާލެއާއި ހުޅުލޭ ފަޅުން ހިއްކި “ހުޅުމާލޭ”ގައި ކުރަންފެށިއެވެ. މިފަދަ ގިނަ މަސައްކަތްތައް ކުރީ “މަދު ފައިސާ ކޮޅަކަށް” އަޅުމަސައްކަތާ އެއް ދަރަޖައިގެ މަސައްކަތްތައް ކުރި ބިދޭސީ މަސައްކަތު މީހުންނެވެ. މާލޭގެ ބިންވެރިންގެ ބޮލަށް ޗިޕް ޖަހާ ފޯރުންތެރިކަން ކުޑަ މާލޭ މީހުންނާއި އެކު އެގްރިމެންޓް ހަދާ 20-30 އަހަރަށް ބިން ކުއްޔަށް ނަގާ ބިންވެރި މީހާއަށް “2-1 ފްލޯ” ދީފައި ލިބޭހާ ކުއްޔެއް ޢިމާރާތްކުރި ކުންފުނިތަކުން މިއަދާއި ހަމައަށްވެސް ނަގަމުން އަންނަ ކަމީ ޙަޤީޤަތެކެވެ.

ފުރަމާލެއާއި ގްރޭޓަރ މާލެ އޭރިޔާއަކީ ދިވެހި ރާއްޖެ އެކަނި ކަމުގައި ބެލެވެން ފެށިހެން ހީވެގެން ރާއްޖެތެރޭ މީހަކު “ތިޔަ ހަދަނީ ކިހިނެއްހޭ?” އަހާލުމާއިއެކު ދެނަކާ ދެނެއް ނެތެވެ. ޙައްޤުތައް ގެއްލުނީ ކަލޭމެންގެ އެކަނިހޭ، މިތަނަށް ފައިބާ ތިއުޅެނީ ކާކު ބުނެގެންހޭ، ރަށުގައި ތިބި ނަމަ ކުލި ދައްކާކަށް ނުޖެހޭނެ ނޫންހޭ ބުނެ އެފަކީރު ރޮލާ ކައިފިއެވެ. އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ގޮވެލިފައްޗަށް ރަށްރަށުން މަލުގެ ހާރުތަކުން މަރުޙަބާކިޔާ ބައެއް ރަށްރަށުން ރުހުމުގައިވެސް ރަަށް ފަޅުކޮށް ފައިބައިގެން ދިޔައެވެ. އަނެއްބައި ރަށްތަކުން “ގަދަކަމުން” ބޭލުވީއެވެ.

މިހާ ހިސާބަށް ދިޔަ އިރު ހުޅުމާލެ ދެގުނައަށް ހިއްކާ 12-10 ހާހުން ފްލެޓާއި ރޯ ހައުސްތައް އެޅި، ނަމެއްގައި ރަށްތަކުގައިވެސް މީގެ އެތިއެތިކޮޅު އެޅުނެވެ. ފްލެޓު ދޮންބެ، މާލެ މީހުންގެ ނުރުހުމުގައިވެސް ރަށްރަށުގައި ފްލެޓު އަޅާ ބަޔަކު މީހުންނަށް މަސައްކަތެއް ކުރާތީ އުޖޫރައެއް ނުވަތަ ހަދިޔާއެއް ދިނުމުގެ ނަމުގައި އެމަނިކުފާނުގެ “ރަށު ބަންދުން ވީއްލުމުގެ” ސިޔާސަތު ތަންފީޒުކުރާތީވެ ރިސޯޓު ހަދާށާ ގެސްޓްހައުސް އަޅަން ބިން ބޮޑެތި ފަޅުރަށްތަކާއި ބިން މި ކުންފުނި ތަކަށްވެސް ދީފިއެވެ. އެއްބަޔަކު ރަށު ބަންދުން ވީއްލިގެން މިނިވަންކަންމަތީ އުދުހެވޭހެން ހީވެގެން ބަލާލިއިރު ފެރީ ނިޒާމެއް ވީ ހިސާބެއްވެސް ނޭގެއެވެ. ފެރީ ހިންގަން ޙަވާލުވި ކުންފުނީގެ ރިސޯޓު ފުރާ ގެސްޓުންނެވެ.

ރާއްޖޭގެ ދޮރާށިތައް ވިއްކާލާ ޤައުމުގެ ރައުސުލްމާލު އަތުން ބީވެދާނެހެން ހީވީމާ، އިނގިރޭސި ސަފީރު ސަރ އާރތިންގްޓަން ޑޭވީ ދޫނިދޫއިން ބޭލިހެން ދޮރާށީގައި ހުރި ދޮރުވާނު ބާލާ ދިވެހިންގެ ދޮރާށްޓާއި ދިވެހިން ޙަވާލުވެ ޤައުމުގެ ޚަޒާނާއަށް ފައިސާ އޮހެން ފެށިއެވެ. މާލޭގެ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ޕްލޭން އަދިވެސް ނުފެށެއެވެ. އަސާސީ ޚިދުމަތްތައް ތަނާއި އެކަށީގެން ނުވާތީވެ، އިތުރަށް ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ޤާއިމުކޮށް ސިއްޚީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ކުރިއެރުވޭހާ ބޮޑު އަދި މަސައްކަތާއި ނުބައްދަލު ނުއަގުގައި ބޮޑު މާސިންގާ 3 މަޝްރޫޢު ގްރޭޓަރ މާލޭގައި ފެށިއެވެ. އެއް ޕްރޮޖެކްޓަކީ 10 މިނެޓުގެ ފެރީ ދަތުރަކާއިހެދި އުނދަގޫވެގެން ފެށި 200 އެތައް މިލިއަން ޑޮލަރެއްގެ ބްރިޖް ޕްރޮޖެކްޓެވެ. ދެވަނަ މަޝްރޫޢުގައި ފުރަމާލޭގައި އަބަދު ތޮއްޖެހިފައި އޮންނަ ސަރުކާރު ހޮސްޕިޓަލްގެ 3 ވަނަ ޢިމާރާތެއް ހަމަ އެކަނި ސްޓްރަކްޗަރ ހެދުމަށް ޙަވާލުވި ކުންފުނިން މާލޭގައި އަޅަން ނިންމި 3 ލަގްޒަރީ އެޕާރޓްމަންޓް ކޮމްޕްލެކްސް އެއްކޮށް ނިންމަން ހޭދަވާ އަގުގައި ހަދައިފިއެވެ. ބިލިއަން ޑޮލަރުގެ އެއަރޕޯޓް ޑިވެލޮޕްމަންޓް މަޝްރޫޢު އަދިވެސް ކުރިއަށް އެބަ ދެއެވެ. ތަރައްޤީގެ ބާނީ ދިވެހިންނަކަށް ކަމަކު ނުދިޔައެވެ. ވެރިކަން ބަދަލުކޮށް ކަންކަން ހަމަ މަގަށް އަޅުވަން ހިތާ މުޅި ރާއްޖެއިން ސުޕަރ މެޖޯރިޓީވެސް ދީފިއެވެ.

މާލޭގެ ސަރުކާރު ހޮސްޕިޓަލުން ސްޕެޝަލިސްޓް ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓަކަށް އެދި ގުޅާލުމުން އެޕޮއިންޓްމަންޓް ލިބިއްޖެއެވެ. 2 އަހަރާއި 2 މަސްފަހުން އެޕޮއިންޓްމަންޓް ހަމަޖެހުނުއިރު އޭގެ ހައެއްކަ ދުވަސް ކުރިއަށް ރިވިއުކޮށްލަންވެސް ފުރުޞަތު ލިބިއްޖެއެވެ. ވަރަށް ބޮޑު ކުރިއެރުމެއްތާއެވެ. އަދިވެސް އާބާދީއާއި ތަރައްޤީ އެއްފަސް ނުކުރެވެއެވެ. ޤައުމުގެ ޚަޒާނާކައިގެންވެސް ފިނި ކޮޓަރީގައި ޑީލް ހެދުމުގައެވެ. އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެތީ ކޮރަޕްޝަނާއި ފަސާދައިގެ ތެރޭގައި ވިއްކާލެވުނު ރަށްތައް އަނބުރާ ނެގޭކަށް ނެތެވެ. ރިސޯޓު ހަދަން ރީތިވިހާ ފަޅުރަށްތައް ނަގައިގެން ތިބި މައިންބަފައިންގެ ދަރީންނާއި ދަރިންގެ ނަމުގައިވެސް ރިސޯޓު ހަދަން ރަށްތައް ނަގާފައެވެ. އެކުއިޒިޝަންއަށް ވާ ފައިސާ ނުލިބުނަސް ކުރާނެ ކަމެއް ނެތެވެ. އެއީ އިންވެސްޓަރުންގެ ބޮޑެތި ޙަފްލާތަކުގައި އެންމެ ކުރީ ގޮނޑިބަރިން ވެރިމީހާއާއިއެކު އެންމެ އަރިހުގައި ތިއްބަވާ ބޭކަލުންނާއި ކަނބަލުންގެ ދަރީންނެވެ. ޒުވާން ވިޔަފާރިވެރިންނާއި ބައްދަލުކޮށްލުމުން އެއީ ކޮން ބައެއްތޯ ބެލުމުގެ ޝަޢުގުވެރިކަމުގައި ޚަބަރުގެ ލިންކު ހުޅުވާލިއިރު ހުސް “ބޯރން ވިތް އަ ސިލްވަރ ސްޕޫން” ޒުވާނުންނެވެ.

އަސާސީ ޚިދުމަތްތައް ކަށަވަރު ނުވިތާނގައި، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތު ދޫކޮށްލާ “ލާމަރުކަޒީ ދިވެހި ރާއްޖެ” އަކަށް ހިތު ނިޔަތްގަނެ ފެށި މީހުންނަށްވެސް އަދިވެސް ގްރޭޓަރ މާލޭގައި ޚިދުމަތްތައް ލިބިގަންނަ ޢާންމު ރައްޔިތު މީހާ ހެސްކިޔާފައި ރުޅިއައިސްގެން މިއުޅޭ ސަބަބެއް ނުވިސްނުނެވެ. އަހަރެންމެން ރާއްޖެތެރޭ މީހުން މި ބުނެދެނީ އެވެ. ތޮއްޖެއްސުމަކީ އަނިޔާއެވެ!

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!