ޚަބަރު
ކުޅުދުއްފުށި ފަޅުތެރޭ ނިޔާވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެންނަނީ

ހދ. ކުޅުދުއްފުށީ ފަޅުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމައްތަކާ މާލެ ގެނައުމަށް ތައްޔާރު ވެއްޖެއެވެ.

ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މާލެ ގެންނަނީ މިރޭގެ ވަގުތެއްގައިކަމަށެވެ.

މިއަދު ހެނދުނު ކުޅުދުއްފުށީ ފަޅުގައި ވެއްޓިފައި އޮތް މީހަކު ނަގާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ.

ފުލުހުން ބުނީ  އެ މހާ ނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:17 ގައި ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ. އެއީ ކުޅުދުއްފުށީ ޑެޒީ ފެހި މުހައްމަދު ހަސަން 36 ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މީހާ ނިޔާވަން މެދުވެރިވި ސަބަބު އަދި ފުލުހުން ބުނެފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުންގެންދަނީ ތަހުގީގްކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!