ޚަބަރު
މެދުކެނޑުމެއް ނެތި 40 ރޭ ފަތިސް ނަމާދުގެ ޖަމާއަތަށް ދިޔަ 38 ކުދިންނަށް ބައިސްކަލް ހަދިޔާކޮށްފި

ހއ.އިހަވަންދޫގައި މެދުކެނޑުމެއް ނެތި 40 ރޭ ފަތިސް ނަމާދުގެ ޖަމާއަތަށް ދިޔަ 38 ކުދިންނަށް ބައިސްކަލް ހަދިޔާކޮށްފިއެވެ.

މި ޕްރޮގްރާމަކީ ކުޑަކުދިން ފަތިސް ނަމާދަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން އިހަވަންދޫ މަސްޖިދުއްތަޢާވުން މިސްކިތުގެ އިމާމު ޙުސައިން ރަޝީދު ފެށްޓެވި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ޖުމްލަ 64 ދަރިވަރުން ބައިވެރިވިއެވެ. ނަމަވެސް މެދުކެނޑުމެއްނެތި 40 ރޭ ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވީ 38 ކުދިންނެވެ.

އެ ކުދިންނަށް އިނާމުގެ ގޮތުގައި މިހާރު ވަނީ ބައިސްކަލް ހަވާލުކޮށްފައެވެ.

އިމާމު ޙުސައިން ރަޝީދު މިހާރު އަންނަނީ ބަންގި ގޮވައި ޖަމާއަތުގައި ނަމާދުކުރުމަށް ކުދިންނަށް ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުންނެވެ.

އިހަވަންދޫގައި މެދުކެނޑުމެއް ނެތި 40 ރޭ ފަތިސް ނަމާދުގެ ޖަމާއަތަށް ދިޔަ ކުދިންނަށް ބައިސްކަލް ހަދިޔާކޮށްފައިވާއިރު، ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް މިފަދަ ޕްރޮގްރާމުތައް މީގެކުރިން ކުރިއަށް ގެންގޮސްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. މޫސަ

    ކިއްވެތަ ހުޅުމާލޭ ގައި ނުހިއްގަނި މިފަދަ ޕްރޮގްރާމްތައް ހިންގަށްވާނެދޯ