ބޭނުންވާ ތަކެތި
- 1 ފަޅޯ، (ކޮށާލުމަށްފަހު، ލޮނުކޮޅަކާއި ރީނދޫކޮޅެއް ލައިގެން ޗަސްނުވާ ވަރަށް ކިރިޔާ މަޑު ވާ ވަރަށް ކައްކާފައި )
- 5 ޖޯޑު ކާށި ފެންކިރު
- 1 ޖޯޑު ކާށިހުނި
- 2 ޖޯޑު ކާށި ބޯކިރު
- 1 މޭޒުމަތީ ސަމުސާ ބައި ދިރި
- 1 މޭޒުމަތީ ސަމުސާ އަސޭމިރުސް
- 3 ލޮނުމެދު
- 10 ހިކިމިރުސް
- 1 ފަޅި ގިތެޔޮމިރުސް ކޮށާފައި
- 1 އިންޗި އިނގުރު
- 3 ހިކަނދިފަތް
- 1 ފިޔާ
- 1 ލުނބޯ
- 1 ޗިކަން ކިއުބް
- 1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
- 3 ފިޔާ ( ހިމުންކޮށް ކޮށާފައި)
- 6 އިންޗި ރާނބާފަތް ( 2 /1 އިންޗިއަށް ހުރި)
- ލޮނުކޮޅެއް
- ތެޔޮފޮދެއް
ތައްޔާރު ކުރާނެ ގޮތް
ހިކި މިރުސް، ލޮނުމެދު، 1 ފިޔާ، އިނގުރު ، ހުނި ދިރި އަސޭމިރުސް އެއްކޮށް ފުނޑާލާށެވެ. ލޮނުކޮޅަކާއި ލުނބޯހުތް އެއްކޮށްގެން މޮޑެލާށެވެ. ފުނޑިބައި 1 ޖޯޑު ކާށިކިރާއި ފަޅޯކޮޅު އެއްކޮށްފައި ބަހައްޓާށެވެ. ތަވާ އުނދުން މައްޗަށް އުދާލާފައި ތެޔޮފޮދެއް އަޅާލާށެވެ. ހޫނުވީމާ، ފިޔާ، ހިކަނދިފަތް، ރާނބާފަތު ގިތެޔޮމިރުސް އެއްކޮށް އަޅާލާށެވެ.

ފަޅޯ ކުޅިރިހަ…..ފޮޓޯ؛ މައިރެސިޕީސް
ފިޔާކޮޅު މޯޅި ވަންދެން މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.
ފިޔާކޮޅު މޯޅި ވުމުން ފަޅޯވެސް އެއްކޮށްލާށެވެ.
މުގުރި ފޮނިތޮށި ކާފޫރުތޮޅި އެއްކޮށްފައި ލޮނުކޮޅެއްވެސް ލާށެވެ.
ކެކި ގަތުމުން ބާކީ ހުރި ހުރިހާ ބާވަތެއްގެ އެއްކޮށްފައި ރޯފިލައި ރަހަލާވަރަށް ކެކުމުން އުނދުންމަތިން ބާލާށެވެ.
(ޖުވޭގެ ރެސިޕީތަކުން)


