ސެޕްޓެންބަރު 8 ވަނަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައެއްގަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ދެ ތަނެއް ބަލައިފާސްކޮށް، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަރަންޓު ބުރުމާ ތަކަކާއި، މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ވަނީ ހޯދާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން، ހައްޔަރު ކޮށްފައިވަނީ ލ. މާވަށް / ޖަމީލާމަންޒިލް އާދަމް ޙުސައިން (48އ) އެވެ.
ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
މި މައްސަލަ ގެންދަނީ މިހާރު ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

