ކުޅުދުއްފުށި ފަޅުތެރޭ މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވިއެވެ.
ކުޅުދުއްފުށީ ފަޅުގައި މަރުވެފައި އޮއްވާ މީހަކު ފެނުނީ މީގެ ތިންދުވަސް ކުރިންނެވެ.
އެއީ ކުޅުދުއްފުށީ ޑެޒީ ފެހި މުހައްމަދު ހަސަން 36 އެވެ.
މި މީހާ ނިޔާވަން މެދުވެރިވި ސަބަބު އަދި ފުލުހުން ބުނެފައެއް ނުވެއެވެ.
އެ މައްސަލަ ފުލުހުންގެންދަނީ ތަހުގީގްކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

