ޚަބަރު
ކޮންގްރެސް ޕާޓީގެ މެންބަރޝިޕް އިތުރުކުރުމުގެ ބޮޑު ހަރަކާތެއް މާލެއާއި ކުޅުދުއްފުށްޓާއި އައްޑޫގައި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރޝިޕް އިތުރުކުރުމުގެ ބޮޑު ހަރަކާތެއް މާލެ ސިޓީއާއި ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގައި ފަށައިފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީން މިއަދު ހާމަކުރި ގޮތުގައި މެންބަރޝިޕް އިތުރުކުރުމުގެ ބޮޑު ހަރަކާތެއް މާލެ ސިޓީއާއި ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގައި ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.

މެންބަރޝިޕް އިތުރުކުރުމަށް މާލޭ މައްޗަންގޯޅި އަވަށުގައި ކުރިޔަށް ގެންދެވުނު ހަރަކާތް ނިންމައި، ޕާޓީއާއި ފޯމު ހަވާލުކޮށްފައިވާ ކަމަށް ވެސް ކޮންގްރެސް ޕާޓީން ވަނީ ބުނެފައެވެ.

މި ހަރަކާތްތަކުގައި ކޮންގްރެސް ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ބައިވެެރިވެވަޑައިގަންނަވައެވެ.

އެގޮތުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ ހަރަކާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ބައިވެެރިވެވަޑައިގެންފައިވާއިރު، މާލޭގައި ކުރިއަށްގެންދާ ހަރަކާތުގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮންގްރެސް ޕާޓީގެ އަމާޒަކީ އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ހެދުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!