ޚަބަރު
މީދޫގައި “އުފާވެރި ރާސްތާ” ޕްރޮގްރާމު ބާއްވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދ. މީދޫގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން “އުފާވެރި ރާސްތާ” ޕްރޮގްރާމް ބާއްވައިފިއެވެ.

އުފާވެރި ރާސްތާ ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރިގޮތުގައި މި ޕްރޮގްރާމުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް، ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީގޮތުން ރަނގަޅު އާދަތައް އަށަގެންނެވުމުގެ މުހިންމުކަން ދަސްވެގެންދިޔައެވެ.

އަދި އެކި ހަރަކާތްތަކާއެކު ހެނދުނުގެ ވަގުތުގައި ކުރިއަށްދިޔަ މި ޕްރޮގްރާމް ގައި އެމީހުންނަކީ މުޖްތަމަޢަށް މުހިންމު ބައެއްކަމުގެ އިހުސާސް ކުރެވުނު ކަމުގައި ހުރިހާ ބައިވެރިންވެސް ފާހަގަކޮށްފައިވެއެވެ.

ޕްރޮގްރާމްގައި ބައިވެރިވި އިސްރަށްވެހިން ފާހަގަ ކުރިގޮތުގައި މި ޕްރޮގްރާމްގެ ތެރެއިން ފަރުވާތެރިކަމާއެކު އެކި ކަންކަމަށް ދުވަހުގެ ވަގުތުތައް ބަހާލައި، އިންތިޒާމުކުރަންވެސް ދަސްވިއެވެ.

އަދި ޞިއްޙަތަށް ފައިދާހުރި ކާނާކެއުމާއި، ކަސްރަތުކުރުމާއި، އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ފައިދާހުރި އިރުޝާދުތަކެއް ލިބުނުކަމަށް ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!