ޚަބަރު
ސިލްސިލާ ދަރުސްތަކުގެ ތެރެއިން މި ހުކުރު ދުވަހު 24 މިސްކިތެއްގައި ދީނީ ދަރުސް ބާއްވައިފި

ހުކުރު ދުވަހު މަޣުރިބު ނަމާދަށް ފަހު، ސިލްސިލާކޮށް ކުރިއަށް ގެންދާ ދަރުސްތަކުގެ ތެރެއިން މި ހަފުތާގެ ހުކުރު ދުވަހު ރާއްޖޭގެ 24 މިސްކިތެއްގައި ދަރުސްތައް ބާއްވައިފިއެވެ.

މިޕްރޮގްރާމްުގެ ދަށުން މާލޭ ސަރަހައްދުގެ ނުވަ މިސްކިތެއްގައި ދަރުސްތައް ވަނީ ބާއްވައިފައެވެ.

އަދި މާލެ ފިޔަވައި އެހެން އަތޮޅުތަކުގެ 15 ރަށެއްގެ މިސްކިތްތަކުގައި ވެސް ދަރުސްތައް ބާއްވައިފައިވެއެވެ. އެހެންކަމުން މުޅި ރާއްޖޭގައި ޖުމުލަ 24 މިސްކިތެއްގައި މި ހަފުތާގައި ވަނީ ދަރުސްތައް ބާއްވައިފައެވެ. މިސްކިތްތަކުގައި ދަރުސް ދެއްވައިފައިވަނީ ރާއްޖޭގެ މަޝްހޫރު ވާޢިޡުންނެވެ.

ދިވެހިންގެ މެދުގައި ދީނީ ހޭޅުންތެރިކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގެންދަވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!